ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑި ދޯނިފަހަރުތަކުގައި ޓްރާންސްޕޯޓު ގައިވައިދަށް އަމަލު ކުރޭތޯ ބަލާނަން: ޒުހޭރު

ޝެއާރކޮށްލާ ކަހަލަދޯ؟

އޮޑި ދޯނިފަހަރުތަކުގައި ޓްރާންސްޕޯޓުގެ ގައިވައިދަށް އަމަލު ކުރޭތޯ އެދޯނި ފަހަރަށް އަރާ ވަރަށް ގާތުން ބަލާނެކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހޭރު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރުގެ ހަފްތާ ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި ޒުހޭރު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތާއި، ކޯސްޓު ގާޑާއި އަދި މިނިސްޓްރީއޮފް ޓްރާންސްޕޯޓ އެންޑް ސިވިލް އޭވިއޭޝަން ގުޅިގެން ނޯތު ހާބަރުގެ އުޅަނދުތައް ބަލައި ޗެކްކުރުމުގެ ކަންކަން ކުރައްވާނެ ކަމަށެވެ. ޒުހޭރު ވިދާޅުވީ އެދޯނި ފަހަރަށް އަރާ ތިމާވެއްޓާއި ގުޅުންހުރި ކަންކަމާއި ގުޅިގެން އެ އުޅަނދުތަކުގައި ޓްރާންސްޕޯޓު ގަވައިދުތަކާއި އެއްގޮތަށް ކަންކަން ކޮށްފައިވޭތޯ ބައްލަވާނެ ކަމަށެވެ. ޒުހޭރު ވިދާޅުވީ އެއްވެސް ހާލެއްގައި ބޭނުންވަނީ އޮޑިދޯނި ފަހަރުގެ ދަތުރުކުރުން ހުއްޓުވަން ނޫން ކަަމަށެވެ. އެހެންނަމަވެސް އެ އޮޑިދޯނި ފަހަރު ޓްރާންސްޕޯޓު ގެ ގަވައިދުތަކާއި އެއްގޮތަށް ކަންކަން ކޮށްފައިވޭތޯ ބެލުން ކަމަށެވެ. އަދި ކަންކަން ރަނގަޅުނުވެހުރިކަމުގައި ވާނަމަ އެކަން އެކަން ރަނގަޅުކޮށް އެމީހުންނަށް ނަސޭހަތްތެރި ވާނެކަމަށް ޒުހޭރު ވިދާޅުވިއެވެ.

ދަގަނޑު އުޅަނދުފަހަރު ހުރި ތަންތަނަށް ގޮސް އުޅަނދުތަކަށް އަރައި ބެލުމަށް ފަހު ޓްރާންސްޕޯޓުގެ ގަވައިދުތަށް އޮޅުންފިލުއިދެމުން ގެންދާނެކަމަށް ޒުހޭރު ވިދާޅުވިއެވެ. ޒުހޭރު ވިދާޅުވީ މާލޭގެ ވަރަށް ގިނަ ސަރަހައްދުގައި ތެޔޮ ބޯޓު ފަހަރު އެބަ ހުރިކަމަށެވެ. އެހެންކަމުން އެ ބޯޓު ފަހަރަށް ގޮސް، ގެންނަން ޖެހޭ ބަދަލުތަށް ކިޔާދެއްވާ ގަވާއިދުތަކާއި އެއްގޮތަށް ކަންކަން ކުރިއަށްދޭތޯ ބަލާނެކަމަށް ވެސް ވިދާޅުވި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި މިނިސްޓްރީގެ މުވައްޒަފުން ހިމެނޭ ގޮތަށް ނޯތު ހާބަރު ސާފުކުރުމުގެ ޕްރޮގްރާމެއް އޮކްޓޫބަރު މަހު 14 ވަނަ ދުވަހު ކުރިއަސް ގެންދިއުމަށް ހަމަޖައްސައިފައި ވާކަމަށް ޒުހޭރު ވިދާޅުވިއެވެ. އަދި ކޯސްޓުގާޑާއި އާބަންކޯ އަދި މިނިސްޓްރީ މުވައްޒަފުން ހިމެނޭ ގޮތަށްވެސް މާލެ ނޯތު ހާބަރު ސާފުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅިުވިއެވެ.

މީގެއިތުރުން ޒުހޭރު ވިދާޅުވީ މީޑިއާތަކަށް މައުލޫމާތު ދެއްވާނެ ކަމަށެވެ. އަދި މީގެއިތުރުން މިހަފްތާ ނިމިގެން ދާއިރު ސެޝަން ތަކެއް ބޭއްވި އެކަންކަމުގެ މައުލޫމާތުތަށް ވެސް މީޑިއާ އާއި ހިއްސާކުރައްވާނެ ކަމަށް ޒުހޭރު ވިދާޅުވިއެވެ. ފޭސްބުކް ގައި ކުއިޒްއެއްވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ކުއިޒް ކާމިޔާބު ކުރައްވާ ފަރާތަކަށް އިނާމެއް ދެއްވާނެ ކަމަށް ޒުހޭރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: