ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮމެއިން ވިއްކުމަށްފަހު ދައުލަތަށް ފައިސާ ނުދައްކާކަމަށް ތުހުމަތުކޮށް ރައީސް އޮފީހުން ނަހުލާގެ މައްސަލައެއް ބަލަން ފަށައިފި!

މިނިސްޓަރު ނަހުލާ. ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު މިނިސްޓްރީން ވިއްކަމުންދާ ޑޮމެއިން ނަމްބަރުތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭކަމަށް ތުހުމަތުކޮށް ރައީސް އޮފީހުން މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލަ ބަލަން ފަށައިފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒަހީރު  ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވާގޮތުން، ޑޮމެއިން ނަމްބަރު ބޭނުންކުރަން ބޭނުންވާ މީހުންނަށް އެކަން ފަހިކޮށްދިނުމުގެ ގޮތުން ކަނޑައެޅިފައިވާ ގަވައިދުގައި އެ މަސައްކަތުގެ ތެރެއިން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކޮމިޓީއެއް އެކުލަވާލަންޖެހޭ ވާހަކަ ބަޔާންކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީއިން އެ ކޮމިޓީ އެކުލަވާލާފައިވާކަމަށް ފެންނަން ނެތުމުންނާއި އެ ގަވައިދުގެ މާއްދާއެއްގައި ވާގޮތުގެ މަތިން އާންމުކޮށް އިއުލާނުކުރުމަށްފަހު ވިއްކުމުގެ މަސައްކަތްތައް އެ ގޮތުގެ މަތިން ކުރެވިފައި ނުވާތީ އަދި ޑޮމެއިން ވިއްކުމަށްފަހު ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބިފައިނުވަތީ އެ މަސައްކަތްތައް ކުރަމުންދަނީ ގަވައިދާއި ހިލާފަށްކަން ފާހަގަކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިހާތަނަށް ވިއްކާފައިވާ ޑޮމެއިންތަކުގެ ތަފްސީލުތަކާއި ޑޮމެއިންތައް ވިއްކުމުގައި ޓްރާންސްޕޯޓު މިނިސްޓްރީއިން އަމަލުކުރަމުންދާ އުސޫލު އަދި ކަނޑައެޅިފައިވާ ގަވައިދާއި އެއްގޮތަށް އަމަލުނުކުރާ ސަބަބުން ސާފުކޮށްދެއްވުމަށް އެދޭކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި ރައީސް އޮފީހުން އެކަމާއި ގުޅޭގޮތުން ވަކި ގޮތެއް އަންގަންދެން އެފަދަ އިތުރު އެއްވެސް މުއާމަލާތެއް ނުހިންގުމަށްވެސް ބުނެފައިވެއެވެ. މިނިސްޓަރު ނަހުލާއަށް ފޮނުއްވާފައިވާ މި ސިޓީގައި ސޮއިކުރައްވާފައިވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއެވެ.

ވަރަށް ގަދަ
72%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 3%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: