ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމްބަރު ޕްލޭޓު މައްސަލަ: މުއިއްޒު ވިދާޅުވީ ކޮންމެ ކަމަކަށް ވެސް މުނާސަބު ވަގުތެއް އޮންނާނެކަމަށް!

ސައިކަލުތަކެއް ސިނަމާލެ ބްރިޖު ލައިޓުކައިރީގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮނިހިރު ދުވަހުން ފެށިގެން، އެއްގަމު އުޅަނދަތަކުގެ ނަމްބަރު ޕްލޭޓުތައް ގަވައިދަށް ނުފެތޭނަމަ ޖުރިމަނާ ކުރުމަށް ނިންމާފައިވާތީ އެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.

ގަވައިދަށް ނުފެތޭ އުޅަނދުތައް، ޖުރިމަނާކޮށް ފިޔަވަޅު އެޅުމަށް ނިންމާފައިވާތީ އެކަމަށް ގިނަ ބައެއްގެ ފާޑުުކިއުން ވަނީ އަމާޒުވެފަ އެވެ. މިއީ ޒުވާނުންނަށް ޖައްސާ ތަކުލީފެއްގެ ގޮތުގައި ސިފަ ކުރައްވައި މުއިއްޒު ވިދާޅުވީ ރައްޔިތުން ތިބީ އަނގަޔާއި އަތާއި ދިމާ ނުވާ ހާލަތެއްގައި ކަމަށެވެ. އަދި އެފަދަ ނިންމުމެއް ތަންފީޒު ކުރުން އެއީ ތަރުތީބު އޮޅިފައިވާ ސިޔާސަތެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ ކަމަކަށް ވެސް މުނާސަބު ވަގުތުތަކެއް އޮންނާނެ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ނަމްބަރު ޕްލޭޓުގެ މައްސަލައިގައި ބަޔާނެއް އާއްމުކޮށް ބުނީ މިހާރަކަށް އައިސް ބޯޑުތައް ހުންނަނީ ގަވައިދާއި ހިލާފަށްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެއްގަމު އުޅަނދުގެ ގަވާއިދުގައިވާ ގޮތުން އިންޖީނުލީ އުޅަނދު މަގުމަތީގައި ދުއްވޭނީ ރަޖިސްޓްރީކުރުމަށް ފަހު އެ އުޅަނދުގައި ހަރުކުރުމަށް އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރާ، ނުވަތަ ރަޖިސްޓްރާ އައްޔަންކުރާ ފަރާތަކުން ދޭ ނަންބަރެއް ގަވާއިދުގައި ފާހަގަކޮށްފައިވާ ގޮތަށް ހަރުކުރުމަށް ފަހުއެވެ.

ނަމްބަރު ބޯޑު ހުންނަންޖެހޭނެގޮތް:

  • ރެޖިސްޓްރީކޮށްފައި ހުންނަ އުޅަނދުގައި ނަންބަރު ޖަހާއިރު، ނަންބަރު ބޯޑުގެ އަކުރުތައް ހުންނަން ވާނީ “އޭރިއަލް ބޯލްޑް” ފޮންޓުން.
  • ނަންބަރު ބޯޑު ހަރުކުރުމަށް ޖަަހައިފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ނަންބަރު ބޯޑުގެ ބޭރަށް ނިކުމެފައި ނުބެހެއްޓުން.
  • ނަންބަރު ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުންނުކުރުން
  • އަކުރުތައް އެއް މިލިމީޓަރަށް ވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ހަދައިގެން ބޭނުންނުކުރުން.
  • ނަންބަރު ބޯޑު ކަރުދާހުން ހަދައިގެން ބޭނުންނުކުރުން.
  • ވިޔަފާރި އުސޫލުން ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ހުންނަން ވާނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅުކުލައިގެ އަކުރުން.
  • ކޮންސިއުލާ މިޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކުގެ ނަންބަރު ބޯޑު ހުންނަން ވާނީ ނޫ ކުލައިގެ ބޯޑެއްގައި ހުދު ކުލައިގެ އަކުރުން ލިޔެފައި.

އެ ނޫން ކުލަތަކާއި ދިއްލޭ ކުލަކުލައިން ނަންބަރު ބޯޑު ހަދައިގެން ބޭނުންކުރުމަކީ ވެސް މަނާކަމެކެވެ.

ގަވައިދުގައި ބުނާ އުސޫލުތަކާ ހިލާފަށް ނަންބަރު ބޯޑު ހުންނަ ވެހިކަލްތަކާއި މެދު ފިޔަވަޅު އަޅައި ހޮނިހިރު ދުވަހުން ފެށިގެން ޖޫރިމަނާ ކުރަން ފަށާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: