ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖު ސިޓީ އުވާލާ އިންޖީނުލީ އުޅަނދުތަކުގެ ގަވާއިދު އިސްލާހުކޮށްފި

ރިންގްރޯޑްގައި ޓެކްސީތަކެއް ދުއްވަނީ.. ފޮޓޯ:މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގަރާޖު ސިޓީ އުވާލާ އިންޖީނުލީ އުޅަނދުތަކުގެ ގަވާއިދު އިސްލާހުކޮށް 10،000 ރުފިޔާގެ ފީ އަކާއެކު ގަވާއިދަށް ބަދަލުތަކެއް ގެނެސްފިއެވެ.

އިންޖީނުލީ އުޅަނދުތަކުގެ ގަވާއިދު އިސްލާހުކޮށް ބަދަލު ގެނެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 18 ސެޕްޓެމްބަރުގައި ގެޒެޓް ކޮށްފައެވެ. އެގޮތުން އެ މިނިސްޓްރީން ނެރުނު އެ އިސްލާހުގައި ބުނެފައިވަނީ އުޅަނދު ރަޖިސްޓްރީ ކުރުމުގައި ގަރާޖު ހުއްދަ ހުށައަޅަން ނުޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރެވޭނީ 10000 ރުފިޔާގެ ފީއެއް މިނިސްޓްރީއަށް ދެއްކުމަށްފަ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ވަގުތީ ގޮތުން ރަޖިސްޓްރީ ކުރާނަމަ 15000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ. ހަމަ އެހެންމެ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ތަނަކަށް ވެސް ވާން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. 

 ގަރާޖު ސިޓީން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭ ހިމެނެނީ:

  1. ނުކުޅެދުންތެރިކަން ހުންނަ މީހުން ދުއްވާ އުޅަނދު
  2. ދެ ފުރޮޅު، ތިން ފުރޮޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދު
  3. އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓްރީ ކުރާ އުޅަނދު ،މި އުޅަނދުތަކަކީ ގަވާއިދުގައި  ބުނެފައިވާ ގޮތުން ގަރާޖު ސިޓީ ހުށައެޅުމުގައި އިސްތިސްނާ ވާ އުޅަނދު ތަކެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: