ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ޑްރައިވަރުންގެ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް އާދަމް ޝަރީފް ގޮވާލައިފި

ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ޖީބަށް ބާރު ބޮޑު ނުވާނެގޮތަށް ޓެކްސީ ޑްރައިވަރުންގެ މައްސަލަ ހައްލު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ގޮވާލައިފިއެވެ.

އާދަމް ޝަރީފް މިހެން ގޮވާލައިފައިވަނީ ޔޫކްރެއިން އާއި ރަޝިޔާ އާއި ދެމެދު ފެށުނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރަމުންދާ އަސަރުގެ ސަބަބުން، ތެލުގެ އަގު އުފުލިގެން ދިޔުމާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ޓެކްސީގެ ދަތުރުތަށް ކުރަމުން ގެންދާ އަގުތަކަށް ގެންނަ ބޭނުންވާ ބަދަލު ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ދެކޮޅު ހެދުމުގެ ސަބަބުން، ޑްރައިވަރުން މިކަމާއި ގުޅިގެން ކުރަމުން ގެންދާ އިހްތިޖާޖުތަކާއި ދެކޮޅަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަމުން ދާތީއެވެ.

އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓުގައި ބުނެފައިވަނީ ޑްރައިވަރުންނަށް ހައްލު ހޯދައިދެއްވުމުގެ ބަދަލުގައި އިހްތިޖާޖުތަކަށް ހުރަސްއެޅުމަކީ ވަރަށް ފިޑި، އަދި ސަރުކާރުން ލަދު ގަންނަށް ޖެހޭފަދަ އަމަލެއްކަމަށެވެ.

ޑްރައިވަރުން ދަތުރުތަކުގެ އަގަށް ގެންނަ ބޭނުންވާ ބަދަލުތަށް މިނިސްޓްރީއަށް ހުށައަޅާފައިވާއިރު ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ މިކަމާއި ބެހޭ ކަންތައްތައް ދިރާސާ ކުރުމަށްފަހު އެކަމަށްޓަކައި ބައްދަލުވުމެއް ބާއްވާނެ ކަމުގައެވެ. ނަމަވެސް މީގެ ކުރިން މިނިޓްރީން ވަނީ ޓެކްސީތަށް ދަތުރު ކުރަމުންދާ އަގަށް ބަދަލު ގެނައުމުގެ ހިޔާލެއް ނެތްކަން ފާޅު ކުރައްވާފައެވެ.

މި ދަނޑިވަޅުގައި ފުލުހުންވެސް ވަނީ ބޮޑު އަގުގައި ދަތުރު ކުރާ ޑްރައިވަރުންނަށް ފިޔަވަޅުއަޅަމުންގެންދާނެ ކަމުގައި ބުނެފައެވެ. މިގޮތުން ފުލުހުން “ޖެއްސުން” ކުރަމުން ގެންދާ ކަމުގައި ބުނެވެސް ބައެއް ޓެކްސީ ޑްރައިވަރުން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި ވަނީ އިހުތިޖާދުކުރުންތަކެއް ބާއްވާފައެވެ. އެ އެއްވުމުގައި ޑްރައިވަރުން ބުނަމުން ގެންދިޔައީ ފުލުހުން އެމީހުންގެ މަސައްކަތަށް ހުރަސް އަޅަނީ ކަމުގައެވެ.

މީގެ އިތުރުން އާދަމް ޝަރީޕް ވަނީ އެއްގަމާއި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދު ފަހަރަށް މިހާލަތުގައި ވަގުތީ ސަބްސިޑީއެއް ދޭންޖެހޭ ކަމަށްވެސް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: