ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެއާޕާސަންކަން ކާމިޔާބުކޮށް ޕާޓީ ހިންގަން މަޝްވަރާއަށް ރަައީސް ނަޝީދާއި ބައްދަލު ކުރާނަން: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއަޕާސަން އިންތިހާބަށްފަހު ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރައްވައި ޕާޓީ ހިންގުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެކަމަށް އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މޭއި 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ކެމްޕެއިންގެ ފޯރި ގަދަވެފައިވާއިރު ޕާޓީގެ އެތެރޭގައި ބޮޑެތި ދެ ބަސްވުންތައް ވެސް ވަނީ އުފެދިފަ އެވެ. އިންތިހާބުގައި ވޯޓުލާ ތާރީހަށް ބަދަލު ގެނައުމަށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ، ހިނގައިދިޔަ ހަމަނުޖެހުންތަކަށް ކަންބޮޑުވުން ފާޅުކޮށް މިއަދު ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ކެނޑިޑޭޓުން ރީތި ގޮތުގައި މަސައްކަތް ކުރަން އެދޭކަމަށާއި، ގައުމީ މަޖިލީހުުގެ މެމްބަރުން ވެސް އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށް އެދޭ ކަމަށެވެ.

އެރޭގެ ބައްދަލުވުން ހޫނުވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒީމް އިތުރު ވަގުތު ދޭން އެދި ވާހަކަ ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރުމުން އެކަމަށް ފައްޔާޒްގެ ޓީމުން ދެކޮޅު ހެދުމުންނެވެ. އާޒިމް ވިދާޅުވަމުން ގެންދެވީ މި އިންތިހާބަށް ނުފޫޒުތަކެއް ވަދެފައިވާކަމަށާއި، ޕާޓީގެ އެތެރޭގައި އަޑުގަދަކޮށްގެން މޮޅެއް ނުލިބޭނެ ކަމަށެވެ. އާޒިމްގެ ވާހަކައަށް ނުރުހުން ވެ، މެމްބަރުން އަޑުގަދަ ކުރަމުން ގެންދެވި ވަގުތު ބައެއް ބޭފުޅުން ދިޔައީ މޭޒު މަތީ ބާރަށް އަތް ޖަހަމުންނެވެ. އަދި ބައެއް ބޭފުޅުން ރިޔާސީ މޭޒު ކައިރީ ވެސް އަޑުގަދަ ކުރި އެވެ.

ފައްޔާޒާއި ރޮޒެއިނާއަށް ރައީސް ނަޝީދުގެ ފާޑުކިއުން ރައްދު ވީ އެ ސަބަބާއި ހުރެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ”ކަނޑިކި ހިއްލައި، އަތް އުކައިގެން ކަރުބުޑުން ބާރަށް ހަޅޭއްލެވުމުން“ ގެއްލުން ވާނީ އެމްޑީޕީއަށް ކަމަށެވެ. ރައީސް ނަޝީދުގެ އެ މެސެޖު މީޑިއާތަކުގައި ލީކުވެ ކަވަރު ކުރުމުން ރޮޒެއިނާ ވަނީ މިދިޔަ ދައުރުގެ މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ އާއި އޭރުގެ ބައެއް މެމްބަރުން ރިޔާސީ ބަޔާނަށް ހުރަސް އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވީޓުކޮށް ގޯސް ވަނީ ވަކި ބައެއްތޯ ސުވާލުކޮށްފަ އެވެ.

ޖަގަހަ ހުޅުވުމަށް ބޭއްވި ކުޑަ ހަފްލާގައި ”ސަންގު“ ގެ ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ޗެއަޕާސަން އިންތިހާބަށް ފަހު ރައީސް ނަޝީދާއި ބައްދަލުކުރައްވައި ޕާޓީ ހިންގުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ވާދަވެރި އިންތިހާބެއްގައި ހިޔާލު ތަފާތުވުން ތަކެއް ހުންނާނެ ކަމަށާއި ނަމަވެސް މި ވަގުތު ވިސްނުމަކީ އެންމެން އެކީ ގުޅިގެން އެކުވެރިކަމާއެކު ކެމްޕޭން ކުރުން ކަމަށެވެ.

ޗެއަޕާސަންގެ އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށް ދާކަމާއި އެގޮތުން މާދަމާ މ. އަތޮޅަށް ކެމްޕޭން ހަރަކާތެއްގައި ފުރާ ވަޑައިގަންނަވާ ކަމުގައި ފައްޔާޒް މައުލޫމާތު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: