ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނބިމީހާ ގަޔަށް ވަޅިން ހަމަލާދިން މީހާއަށް ދައުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ އަނބިމީހާ ގަޔަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނީގެ މައްޗަށް ދައުވާކޮށްފިއެވެ.

މ. ރިހިވިދުވަރު ގޭގެ ދެވަނަ ފްލޯގައި އޭނާގެ އަންހެނުންނާ އެކު ދިރިއުޅެމުން ދިޔަ ސްރިނިވަސަން، އޭނާގެ އަންހެނުންގެ ގަޔަށް ވަޅި ހެރީ މިދިޔަ ފެބްރުއަރީ ދެވަނަ ދުވަހު އެވެ.

މިމައްސަލައިގައި ސްރިނިވަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ސްރިނިވަސަންގެ މައްޗަށް ދައުވާކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނެފައިވެ އެވެ.

މިމައްސަލައިގެ ދައުވާގައި ދައުލަތުން ބުނެފައިވަނީ ސްރިނިވަސަން އޭނާގެ އަނބިމީހާގެ ފައިގެ ފަލަމަސްގަނޑަށް ވަޅި ހަރާފައިވަނީ ނިދާފައި އޮއްވައި ކަމަށެވެ. އަދި އޭނާ އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް ވެސް ގެއްލުންތަކެއް ދީފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: