މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ރިޓަޔާކުރި ހަ މުވައްޒަފެއްގެ އަގުވަޒަން ކޮށްފިއެވެ.
ހަ މުވައްޒަފުން، އެމްޕީއެލްއަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަންކުރުމަށް މިއަދު ވަނީ އެމްޕީއެލްގައި ހާއްސަ ހަފުލާއެއް ބާއްވައިފައެވެ.
އެމްޕީއެލްގައި މިއަދު ހެނދުނު ބޭއްވި ހަފުލާގައި އެ މުވައްޒަފުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ އެވެ.
ޝާހިދު ވަނީ އެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައި އެ މުވައްޒަފުން ކޮށްފައިވަނީ އަގު ނުކުރެވޭފަދަ ހިދުމަތެއް ކަމަށް ވިދާޅުވިއެވެ.
ރިޓަޔާކުރި ހަ މުވައްޒަފުންނަކީ:
- އަލީ ރަޝީދު – 19 އަހަރާއި ހަތް މަސް
- މޫސާ އަންވަރު – 17 އަހަރާއި ތިން މަސް
- އިބްރާހިމް މުހައްމަދު – 19 އަހަރާއި ހަތް މަސް
- މުހައްމަދު އިބްރާހިމް ދީދީ – 9 އަހަރާއި ހަތަރު މަސް
- ޖާދުﷲ އިސްމާއިލް – 5 އަހަރާއި 29 ދުވަސް
- އާމިނަތު ވަހީދާ، އެސިސްޓެންޓު މެނޭޖަރު – 28 އަހަރާއި ދެ މަސް

