މޭ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ ފަރާތްތަކުގެ ވޯޓުލާ ލިސްޓް އާންމުކޮށްފިއެވެ،
ވޯޓާރސް ލިސްޓް އާންމު ކޮށްފައިވަނީ ޕާޓީގެ ވެބްސައިޓްގައެވެ. ވޯޓިން ލިސްޓުގައި ނަން ހިމެނިފައި ނުވާ ފަރާތްތަކަށް އެތެރޭގެ އިންތިހާބުގައި ވޯޓް ނުލެވޭނެ ކަމުގައި އެމްޑީޕީ އިން މައުލޫމާތުދީފައިވެއެވެ.
އެމްޑީޕީގެ ފަރާތުން އެޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީހަކީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހެވެ.
އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަން ހޮވުމަށް ބޭއްވޭ އިންތިހާބާއި، ޒުވާނުންގެ ހިތްވަރުގެ އިތުރުން އަންހެނުންގެ ރޫހުގެ އިންތިހާބު ހިމެނެއެވެ.
އެމްޑީޕީގެ ފަރާތުން ވޯޓާރސް ލިސްޓް އާންމުކޮށްފައިވާއިރު އެތެރޭގެ އިންތިހާބުގެެ މަގާމްތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

