ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. އަނގޮޅިތީމް ބަނދަރުގެ 92 އިންސައްތަ ނިމިއްޖެ!

ރ.އަގޮޅިތީމްގެ ގެ ބަނދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ.އަނގޮޅިތީމުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތުން 92 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ވަނީ ހާމަ ކޮށްފައެވެ.

ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެއްކަމުގައި ރަށްތަކުގެ ބަދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރ އަނގޮޅިތީމް ބަނދަރު ހެދުމުގެ މަޝްރޫއު ވަނީ އެމްޓީސީސީ އާއި ހާވަލުކޮށްފައެވެ.

92 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1100 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ

މިނިސްޓްރީ އޮފް ނެޗަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް މިގެންދާ މަޝްރޫއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: