ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފީވަށް ބަނދަރު ތަރައްގީކޮށް ނިމިއްޖެ

ށ. ފީވައް
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. އަތޮޅު ފީވައް ބަނދަރު ނިމިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހު ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ޖުމްލަ 67.6 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 40،420 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 14،743 ކިއުބިކް މީޓަރުގެ ނެރު ފުން ކުރުމާއި، 474 މީޓަރު އެއްގަމު ތޮށި އަދި 356 މީޓަރުގެ ބޭރުތޮށި ލުމާއި 182 މީޓަރު ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ކުރިޔަށްދާނެ އެވެ.

މީގެ އިތުރުން 27 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއެކު 2،320 އަކަ މީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމުގައި އެކުންފުނިން މައުލޫމާތު އާންމުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: