ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާ ތަރައްގީ ވާނީ ގުޅިގެން އެކުގައި ކުރެވޭ މަސައްކަތުން: ނައިބުރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު  ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ދާއިރާ ތަރައްގީ ވާނީ ހަމަ އެކަނި ސަރުކާރުން ކުރާ މަސައްކަތުން ނޫން ކަމަށާއި ނަތީޖާ ނިކުންނާއި އެކުގައި ކުރެވޭ މަސައްކަތްތަކުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އޭޑީކޭއަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރައި ދިއުމުގައި ހިމެނޭ ހިއްސާދާރެއް ކަމަށެވެ. ހާއްސަކޮށް މިދިޔަ 35 އަހަރުގެ ތެރޭގައި ރާއްޖެއަށް އަލަށް ސިއްހީ ދާއިރާގެ ހިދުމަތްތައް ތައާރަފު ކުރެވުނުކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.

މިއަދު އޭޑީކޭގެ ކާމިޔާބީގެ އެންމެ ބޮޑު އަސްލެއްގެ ގޮތުގައި ފައިސަލް ވިދާޅުވީ ހޮސްޕިޓަލުގެ ތެރެއިން ވަރުގަދަ ލީޑާޝިޕެއްގެ ޓީމެއް އޮތުމެވެ.

މިހާރު ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ ފުންނާބު އުސް މޮޅު ޑޮކްޓަރުންނަކީ ދުނިޔޭގެ ފެންވަރުގެ އެންމެ ފެންވަރު ރަނގަޅު ޑޮކްޓަރުން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ސިއްހީ ނިޒާމުގައި އޭޑީކޭ ހޮސްޕިޓަލް ކުރިއަރާފައިވާ މިންވަރު ހާމަކޮށްދެއްވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގައި އޭޑީކޭ ހޮސްޕިޓަލުން އެކަނި ދެވޭ ފަރުވާތަކާއި ކުރިޔަށް ގެންދާ ސާޖަރީތައް އެބަހުރި ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ޗެއާރަމަން އަހުމަދު ނާޝިދަކީ ސިއްހީދާއިރާއަށް ޒަމާނީ އެޑްވާންސް ޓެކްނޮލޮޖީ އާއި އިންގިލާބީ ބަދަލުގެނައުމުގެ ދުރުވިސްނުން ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި އެކަން އެމަނިކުފާނު ވަނީ އެކިފަހަރު މަތިން ހިއްސާ ކުރައްވާފައިކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ނާޝިދަކީ ސިއްހީ ދާއިރާގެ ގިނަ ކަންކަމުގައި ވަރަށް ބޮޑަށް ލަފާދެއްވާ ބޭފުޅެއް ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ބިޔަ ބޮޑު ހޮސްޕިޓަލެއް ވަސީލަތް ތަކާއެކު ތައްޔާރުކުރުމަކީ ފައިސާ ހުރިނަމަ ކުރެވޭނެ ކަމެއް ކަމަށާއި ނަމަވެސް ކުރާ ކޮންމެ ކަމެއްގައި ވިސްނަން ޖެހެނީ އެކި ވަސީލަތްތައް ގާއިމް ކުރުމާއެކުއެކީ ހޮސްޕިޓަލް ތަރައްގީ ކުރަމުން އިންސާނީ ވަސީލަތް ބިނާކުރުމަށް މީހުން ތައްޔާރުކުރުމަށް ވެސް މަސައްކަތް ކުރުމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލުން މިވީ އަހަރުތަކުގައި މީހުން ބިނާ ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން ފައިސަލްގެ ވާހަކަފުޅުގައި ވިޔަފާރީގެ ދާއިރާ އާއި އެކި ހިދުުމަތްދިނުމުގައި އެ ވިޔަފާރި ނުވަތަ ހިދުމަތަކާއި ގުޅޭ ގޮތުން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ މައިގަނޑު އެންމެ މުހިއްމު އަމާޒަކީ ސިއްހީ ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމާއި ހާއްސަކޮށް ރާއްޖޭގެ ރަށްތަކާއި އަތޮޅުތަކުން ޒަމާނީ ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމާއި އެކަމަށް ބޭނުންވާ މީހުން ބިނާކުރުން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ކޮންމެ ދުވަހެއް ހޭދަކޮށްލާ ގޮތާއިމެދު ވިސްނަން ޖެހޭ ކަމަށާއި އެގޮތުން ކެއިންބުޔުމާއި ދިރިއުޅުމެގެ ވައްޓަފާޅި އާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

35 ޕަސެންޓަށް ވުރެ މަތީ އަދަދަކަށް ގައިންގަޔަށް ނާރާ ބަލި އާންމުންގެ ތެރޭގައި އޮތް ކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ފައިސަލް ވިދާޅުވިއެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ހިތުގެ ބައްޔާއި ނޭވާލާ ނިޒާމްތަކަށް ޖެހޭ ބައްޔާއި ފުއްޕާމޭގެ ބަލިތަކާއި  ހާއްސަ ކޮށް ކެންސަރަކީ ރާއްޖޭގައި އާންމު ބަލިތައްކަމުގައި ފައިސަލް ނަސީމް ވިދާޅުވިއެވެ. ވުމާއެކު ބަލިން ރައްކާތެރިވުމަށް ދުރާލާ ތައްޔާތު ވުމަކީ މުހިއްމު ކަމެއް ކަމުގައި ފައިސަލް ވިދާޅުވިއެވެ.

އަދި އިންސާނުންނަށް ވީތީ ފަރުވާކުޑަ ކޮށްލެވިފައިވީ ނަމަވެސް ދުވަހަކުވެސް ސިއްހީ ކަންކަމަށް ސަމާލުކަން ނުދެވޭ މިންވަރަށް ވޭތުވެދިޔަ ދެއަހަރެއްހައި ދުވަސްތަކުގައި ސަމާލުކަން ދެވިއްޖެ ކަމަށާއި ސިއްހީ މާހިރުން ވަނީ  ދިރިއުޅެމުގެ އިރުޝާދުދެއްވައި ހޭލުންތެރިކުރައްވައިފައި ކަމުގައި ފައިސަލް ވިދާޅުވިއެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުކޮށް ކާމިޔާބީ އާއި ހަމައަށް ވާސިލްވާނީ އަމިއްލައަށް ކުރާ މަސައްކަތުން ކަމަށާއި އެއީ ސިއްހީ މާހިރުންގެ ލަފަޔާއިި އިރުޝާދުން ބަދަލުކުރެވޭނެ އެއްޗެއް ނޫން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން އަތޮޅު ތެރެއާއި ޕްރައިވެޓް ހޮސްޕިޓަލުތަކުން ސިއްހީ ހިދުމަތް ލިބިގަތުމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހިދުމަތް އިތުރަށް ފުޅާކުރުން މުހިއްމު ކަމުގައި ނައިބުރައީސް ވިދާޅުވިއެެެވެ.

އެންމެނާއި ދޭތެރޭ ހިތްހެޔޮކަން ހިތައި މީހަކަށް އޯގާތެރިވެ އެހީތެރިވުމަކީ ލިބޭ އުފަލެއްކަމުގައި ހެދުމަށް މަސައްކަތްކުރުމަށް ފައިސަލް އެދިލެއްވިއެވެ. ކޮންމެ ކަމުއް ކުރުމުގައި ހިތްހެޔޮކަން އިސްކޮށް އަނެކާއަށް އެހީތެރިވެދީ އެހެން މީހުނަށް ކަންކަމުގައި އިސްކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައި ވިދާޅުވިއެވެ.

މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް ސަމާލުވެ ފަރުދީ ޒިންމާ އަދާކުރުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: