ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ހުރި ސީ އާރމް މެޝިންއެއް ހުޅުމާލެ ހޮސްޕިޓަލަށް!

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް/ ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ހުރި ސީއާރމް މެޝިނެއް ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

ސީ-އާމް އަކީ ސާޖިކަލް އަދި އޯތޮޕީޑިކް ޕްރޮސީޖާތަކުގެ ތެރޭގައި ފްލޯރޮސްކޯޕިކް އިމޭޖިންއަށް  ބޭނުން ކުރާ މޯބައިލް އިމޭޖިން ޔުނިޓެކެވެ.

އިކުއިޓޯރިއަލްގައި ހުރި ބައެއް މެޝިނަރީތައް އެހެން ތަނަކަށް ބަދަލު ކުރާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް އެ ހޮސްޕިޓަލުން ކުރ ޓްވީޓެއްގައި ބުނީ ހުޅުމާލެ ހޮސްޕިޓަލަށް ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ ތަނުގައި ހުރި ތިން ސީއާމް މެޝިންތަކުން، އެއް މިޝިން ކަމަށެވެ. އެހެން ކަމުން މި މެޝިން ފޮނުވުމަށް ފަހު ވެސް އިތުރު ދެ މެޝިން ހުންނާނެކަމަށާއި، ސީއާމް އަކީ އެކްސްރޭ މެޝިނެއް ނޫން ކަމަށް އެ ޓްވީޓުގައި ބުންޏެވެ.

އޭއީއެޗްއިން ބުނެފައިވަނީ އެއް ވަގުތެއްގައި ދެ ސީއާމް ބޭނުން ނުކުރާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސާކް ސަމިޓަށް އެޅި، ކޮންވެންޝަން ސެންޓަރު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ނިންމައި އެކަން ކުރިޔަށް ގެންދިޔައީ މި ސަރުކާރުންނެވެ. އެހެންވެ އެކަމަށް ބޭނުންވާ ގިނަ ސިއްހީ ސާމާނުތައް އައީއެޗްގައި ގާއިމުކޮށްފައިވާއިރު، މީގެއިން ގިނަ ހިދުމަތްތަކަކީ މީގެ ކުރީން ހަމައެކަނި މާލޭގައި ހުރި ހިދުމަތްތަކެވެ.

މިދިޔަ އަހަރުގެ ތެރޭގައި އައްޑޫ ހޮސްޕިޓަލްގައި ކާމިޔާބުކަމާއިއެކު ކަށީގެ އޮޕަރޭޝަންތަކެއް ކުރި ނަމަވެސް މިކަމަށް އެކަށޭނެ ޑޮކްޓަރުން ހޮސްޕިޓަލުގައި ނެތެވެ. މި އޮޕަރޭޝަންވެސް ކުރީ މާލެއިން އައްޑޫއަށް ދިޔަ ޑޮކްޓަރުންގެ ޓީމެއްގެ ފަރާތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: