ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީލައިފް އަންމަޓީގެ މައްސަލައިގައި ޕީޖީއިން އަދި ވަކިގޮތެއް ނުނިންމާ!

އަހްމަދު މޫސާ (އަންމަޓީ) — ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހައުސިން ޔުނިޓު އަޅައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާތަކެއް ހޯދި، ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމާއި މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ހިޔާނާތުގެ ދައުވާ އުފުލާފައިވާ އަންމަޓީ ޝަރުތުތަކާއި އެކު ތިން ވަނަ ފަހަރަށް ދޫކޮށްލީ އިއްޔެގެ ވަގުތެއްގަ އެވެ. ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދުނީ އައްމަޓީގެ ފިލުމުގެ ތާރީހެއް އެބައޮތްކަން ފާހަގަކޮށް، މުއްދަތު އިތުރުކޮށްދޭންށެވެ. ނަމަވެސް އައްމަޓީގެ ވަކީލު އަޑުއެހުމުގައި ވިދާޅުވީ އޭނާގެ ޕާސްޕޯޓު ވެސް ނެތްކަމަށާއި، ފިލަން ބޭނުން ވިޔަސް އެކަން ކުރެވޭނެ ގޮތެއް އައްމަޓީއަށް ނޯންނާނެ ކަމަށެވެ. އަދި އައްމަޓީއަށް ބޭސްފަރުވާގެ ފުރުސަތު ދޭން އެދުނެވެ.

ޝަރުތުތަކަކާއި އެކު އައްމަޓީ ބަންދުން ދޫކޮށްލި މައްސަލައިގައި “ސަންގު” އިން ސުވާލު ކުރުމުން ޕީޖީގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ އެއާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު ފްލެޓް އަޅައިނުދީ އަދި ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް ދައުލަތުން ކުރެ އެވެ.

އެ މައްސަލާގައި އޭނާ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފަ އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ނުދިން މައްސަލާގައި ޚިޔާނާތުގެ 42 ދައުވާއެއް އައްމަޓީގެ މައްޗަށް ދައުލަތުންކުރެއެވެ.

މީގެކުރިން ވެސް ކްރިމިނަލް ކޯޓުން އައްމަޓީ ބަންދުން ދޫކޮށްލި އެވެ. އޭރު ޝަރުތުތަކާ އެކު އޭނާ ބަންދުން ދޫކޮށްލުމުން އޭނާ އަލުން ބަންދުކުރަން އޭރު ވެސް ހައި ކޯޓުން އެންގި އެވެ.

ސީލައިފް މައްސަލާގައި އައްމަޓީ ހޯދަން ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ރާއްޖެ ގެނައީ މިއަހަރު ކުރީކޮޅެވެ.

އަންމަޓީގެ މައްޗަށް ކުރާ 42 ދައުވާ ސާބިތުވެއްޖެނަމަ، 65 އަހަރުދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: