ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ހުތުރު ޓްވީޓްތަކެއް، ވިދާޅުވީ ހެކްކުރީ ކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވާ ހަޑިހުތުރު ބަހުން ޓުވީޓްތަކެއް ކޮށްފިއެވެ.

މިއަދު ހެނދުން ފެށިގެން އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން ދިޔައީ ޓްވީޓްތަކެއް ކުރަމުންނެވެ. އެގޮތުން އެ އެކައުންޓުން ކުރި ފުރަތަމަ ޓްވީޓްގައި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީގެ އެކްޓިވިސްޓިކަށް ވަނީ ރައްދު ދީފައެވެ. އަދި ބައެއް ހުތުރު ބަސްތައްވެސް ބޭނުން ކޮށްފައިވެއެވެ.

ދެވަނަ އަދި ތިންވަނަ ޓްވީޓްގައިވެސް އެފަދަ އިބާރާތްތައް ބޭނުން ކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އަލީ ޒާހިރު ވިދާޅުވީ އޭނާގެ ޓްވިޓާގެ އެކައުންޓް މިއަދުގެ ވަގުތެއްގައި ހެކްކޮށް ޓްވީޓްތަކެއް ކޮށްފައިވާ ކަމަށާއި މިހާރު އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: