ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި، ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިޔަށް!

އެމްޑަބްލިއުއެސްސީން ކުރިޔަށް ގެންދާ މަޝްރޫއުގެ ތެރެއިން/ ފޮޓޯ: އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިއުއެސްސީން ކުރިޔަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަަށައިފި އެވެ.

ރާއްޖޭގެ ރަށްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމާލާފައި ވަނީ ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގެ އެވެ.

މީގެތެރެއިން، ކުޑަފަރި ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތްތައް ނިމިފައިވާކަމަށް ކުންފުނިން މައުލޫމާތު ދެ އެވެ. އަދި ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކޮމިޝަންކުރުމުގެ މަސައްކަތް ފަށައި މިހާރު ދަނީ ކުރެވެމުންނެވެ. ކުންފުނިން ބުނި ގޮތުގައި މާޅެންދޫގެ ފެނާއި ނަރުދަމާ ކޮމިޝަން ކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކޮމިޝަނިންގެ މަސައްކަތްތައް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.

މި ރަށްތަކުގެ ފެނާއި ނަރުދަމާ ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޕްލޭނިން މިނިސްޓްރީ އާއި، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުންނެވެ.

މީގެއިތުރުން މި ރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓާސް ޓްރެނިންގ ޕްރޮގްރާމް ވެސް ވަނީ ހިންގާ ނިމިފައެވެ. މި ހަތަރު ރަށުގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި، އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި އާރުއޯ ޕްލާންޓްއާއި އަދި ފެން ރައްކާކުރުމަށްޓަކައި ތާންގީ ވެސް ބަހައްޓައި ވަނީ ނިމިފަކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅާފައިވާކަން ފާހަގަކޮށް އެމްޑަބްލިއުއެސްސީން ބުނީ މި ހަތަރު ރަށުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްއާއި ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، ޕަންޕިންގ ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް އަޅައި ނިމިފައިވާކަމަށެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅާ ނިމިފައިވާކަމަށް މައުލޫމާތު ދިނެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވާ ކަމަށެވެ. މި ރަށްތަކުގެ ފެނާއި ނަރުދަމާގެ  މިމަޝްރޫއުތަކުގެ ޖުމްލަ އަގަކީ 163.5 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުތަކުގެ ސަބަބުން މި ރަށް ތަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: