ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާ ހަރަދު ކުރާނެ ގޮތް އަސާސީ ގަވާއިދަށް ގެންނާނަން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބަޖެޓުން އެމްޑީޕީ ހިންގުމަށް ލިބޭ ފައިސާ ހަރަދު ކުރާނެ ގޮތުގެ އުސޫލެއް ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސްގެން ކަނޑައަޅާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަ ކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ކެމްޕެއިންގައި ނ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގެ ތެރެއިން އެ އަތޮޅުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބޭ ފައިސާގެ ތެރެއިން 50 ޕަސެންޓް ޕާޓީގެ ދާއިރާތަކާއި ގޮފިތައް ހިންގުމަށް ދިނުމަށް ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުހިގާކަން ފައްޔާޒް ފާހަގަ ކުރެއްވިއެވެ.

ފައްޔާޒް ވިދާޅުވީ ގައުމީ މަޖިލީޙުގެ އެ ނިންމުން ތަންފީޒް ކުރުމަށް މީގެ ކުރިން އިންިތިހާބު ކުރި ޗެއާޕާސަން ނުވަތަ އެކަމުގައި ހަވާލުވެ ތިއްބެވި އިސް ބޭފުޅުން މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެވި ވަނީ ގައުމީ މަޖިލީހުގެ ނިންމުން އެއްޗަކަށް ނުވާތީ ކަމަށް ވެދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އޭނާ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ވެއްޖެނަމަ އެކަން ތަންފީޒް ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާގެ 60 ]ަސެންޓް ކަނޑައަޅާނީ ޕާޓީގެ ދާއިރާތަކާއި ގޮފިތައް ހިންގުމަށް ދިނުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ޕާޓީގެ ދާއިރާތަކާއި ގޮފިތައް ހިންގުމަށް ފައިސާ ދިނުމަށް ގައުމީ މަޖިލީހުން ނިންމާފައި ވީނަމަވެސް އެކަން ނުވެ އޮތުމުން އޭނާ ބޭނުން ވަނީ އަދި ހުށަހަޅަނީ އަސާސީ ގަވާއިދުގައި އެކަން ކަނޑައެޅުމަށް ކަމަށެވެ. އެގޮތުން މިއަހަރުގެ އޮގަސްޓް މަހު ބާއްވާ ޕާޓީގެ ކޮންގުރެސްގައި އަސާސީ ގަވާއިދަށް ބަދަލު ގެނެސް ދައުލަތުގެ ބަޖެޓުން ޕާޓީއަށް ލިބޭ ފައިސާގެ 60 ޕަސެންޓް ޕާޓީގެ ދާއިރާތައް ހިންގުމަށާއި ގޮފިތައް ހިންގުމަށް ދިނުމަށް ކަނޑައެޅުމަށް ހުށަހަޅާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ދާއިރާތަކާއި ގޮފިތައް ކަނޑައެޅި މީހުން އިންތިހާބު ކޮށްފައިވާ ކަމަށާއި ނަމަވެސް އެއިން އެއްވެސް ދާއިރާއެއް އަދި ގޮތްޕެއް ނުހިގާ ކަމަށެވެ. ނަމަވެސް އޭނާ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކޮށްދީފިނަމަ މަހަކު އެއް ފަހަރު ދާއިރާތަކުގެ ރައީސުންނާއި ގޮފިތަކުގެ ރައީސުންނާއި އަދި އިސްކޮށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންފުމަށް އުޅޭ މީޙުންނާއި ބައްދަލު ކުރާނެ ކަމަށެވެ. އަދި އެކަން ކުރަން ކޮންމެން ރަށްތަށް ދާން ނުޖެހޭ ކަމަށާއި އޮންލައިން ކޮށް ވެސް ބައްދަލުވުންތައް ބޭއްވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އިންތިއާއި، އެނާގެ ޓީމަށް އަމާޒުކޮށް ފައްޔާޒް ވިދާޅުވީ މިދިޔަ 16 އަހަރުގެ ތެރޭގައި ޕާޓީގެ ގިނަ ކަންކަމުގައި އިސްކޮށް އުޅުއްވީ އެބޭފުޅުންކަމަށާއި، ހިންގުމުގެ މަސްއޫލިއްތު އޮވެމެ ފެނުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށެވެ. އޭރު ނުވިކަމަށް މިއަދު ކުރާނެ ގޮތަކާއި މެދު ސުވާލު އުފެއްދުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: