ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ އިމްތިހާނުގެ އަގާއި އެކު ދަރިވަރުންގެ ކަންބޮޑުވުން!

ޖުަލައި، 17، 2019: ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބާ ކައުންސިލް ހާޒިރު ކުރުން --- ސަން ފޮޓޯ/
ޝެއާރކޮށްލާ ކަހަލަދޯ؟

ބާ އިމްތިހާނަށް ފީއެއްގެ ގޮތުގައި ދިހަ ހާސް ރުފިޔާ ކަނޑައަޅައިފި އެވެ.

ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކުރުމަށްފަހު، ގާނޫނީ ވަކީލްކަމުގެ ލައިސެންސް ހޯދުމަށްޓަކައި ބާ ކައުންސިލްގެ އިމްތިހާނު ހަދަންޖެހެއެވެ. ވަކީލުން ރެގިއުލޭޓު ކުރުމުގެ ޒިންމާ އޮންނަ ބާ ކައުންސިލުގެ ރައީސް، އަދި މަޝްހޫރު ގާނޫނީ ބަކީލު މައުމޫން ހަމީދު ވަނީ އަގުތަކާއި ބެހޭ މައުލޫމާތުތައް ހިމަނައި ވަކީލުންނަށް މެއިލްއެއް ކުރައްވާފައެވެ.

މެއިލްގައި ކައުސިލްގެ ރައީސް ވިދާޅުވެފައިވާ ގޮތުންނަމަ ކޯހުގެ ހަމަ އަގަކީ ވިހި ހާސް ރުފިޔާއެވެ. ނަމަވެސް މިއީ ރާއްޖޭގައި މި އިމްތިހާނު ހަދާ ފުރަތަމަ ފަހަރުކަމުން އެކަމުގެ ސަބަބުން 50 އިންސަތަ ކައުންސިލުން ދައްކައިދިނުމަށް ހަމަ ޖެހިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ގިނަ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށް ބުނީ، ސްޓޫޑެންޓް ލޯނު ދެއްކުމާއި އަދި އެ ނޫން ވެސް ބުރަތަކާއި އެކު ވަކީލުކަމުގެ ލައިސަންސް ނުވަތަ އެ ހުއްދަ ހޯދުމަށް އިމްތިހާނެއްގައި އިޝީންނައިރު އޭގެ ފީއެއްގެ ގޮތުގައި ބޮޑު އަދަދެއް ނެގުން ބަލައިނުގަނެވޭ ކަމަށެވެ.

އެހެން ގައުމުތަކުގައި ކަންކުރައްވާ ގޮތްތަކަށް އަގު ކަނޑައެޅުމުގައި ރިއާޔަތް ކުރައްވާފައި ވާނެ ކަމުގައި މެއިލްގައި ފާހަގަ ކުރައްވާފައިވީ ނަމަވެސް ރާއްޖޭގެ ހާލަތު ތަފާތުކަމަށް ބައެއް ދަރިވަރުން ބުނެ އެވެ.

މި އިމްތިހާނު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ނިންމުމަށް ފަހު އެ ތާރީހު ފަސް ކުރީ ފެންވަރު ރަނގަޅު ބާ އިމްތިހާނެއް ބޭއްވުމަށް ކަމަށް ބުނުމަށް ފަހު އެވެ. އަދި ބޭރުގެ އެކި އެސޯސިއޭޝަންތަކާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުންތަކަށް ފަހު ދެވަނަ ފަހަރަށް ކަނޑައެޅި ތާރީހަށް އިމްތިހާނު ނުބޭއްވުނީ ކޮވިޑުގެ ސަބަބުންނެވެ.

ތައުލީމު ނިންމައި، ގްރެޖުއޭޓުވިތާ ދެ އަހަރު ފަހުން ވެސް ވަކީލުކަމުގެ ހުއްދަ އަދިވެސް ނުލިބޭތީ ގިނަ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވަކީލުކަމުގެ ހުއްދަ ލިބުމަށް ގާނޫނުގައި ކަނޑައެޅިފައި އޮންނަނީ ބާ ކައުންސިލުން ކަނޑައަޅާ ބާ އިމްތިހާނު ފުރިހަމަ ކުރުމުގެ އިތުރުން، ވަކި މުއްދަތެއް ވަންދެން ބާ ކައުންސިލުން ކަނޑައަޅާ ތަނެއްގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުންނެވެ. މިގޮތަށް ގާނޫނުގައި ކަނޑައެޅިގެން ދިޔައީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ތައުލީމް ނިމިފައިވީ ނަމަވެސް ތަފާތު އެކި ސަބަބުތައް މެދުވެރިވެގެން އިމްތިހާނު ފަސްކުރުމުން ގިނަ ދަރިވަރުންނަށް އަދިވެސް ލައިސެންސް ނުލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: