ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުން ބަލަނީ!

ގާނޫނީ ވަކީލު ނާޒިމް ސައްތާރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލައެއް، ބާކައުންސިލަށް ހުށަހަޅައިފި އެވެ.

ވަކީލުންގެ ބެލެނިވެރިފަރާތުގެ ގޮތުގައި އޮންނަ ބާ ކައުންސިލުން ނާޒިމް ސައްތާރަށް ފޮނުވި ސީޓީގައި ވަނީ، މާލެ އަތޮޅު މާހާނައެޅިހުރާ ހިންގަމުންދާ ރިހިވެލި ބީޗު ރިސޯޓާއި ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ހިމެނޭ “ސޭވް ދަ ޑްރީމްސް މޯލްޑިވްސް” ގެ ވަކީލަކަށް ވެ ހުންނަވައި ޝަރީއަތުގެ އަޑުއެހުންތައް ތާވަލު ކުރާ ގޮތުގެ މައްޗަށް ވާހަކަ ދެއްކުމާއި، އަދި މައްސަލަ ބައްލަވާ ގާޒީއަށް އަމާޒުކޮށް ޓްވީޓު ކުރައްވައި ނުވަތަ ކޯޓު ޓެގްކޮށް ޝަރީއަތާއި ގުޅޭ ވާހަކަތައް ދައްކާފައިވާކަން ފާހަގަކުރެވިވާ ކަމަށެވެ.

މިއީ މައްސަލައެއް ބަލާ ފަނޑިޔާރަކަށް ނުފޫޒ ފޯރުވުމުށް އާއްމުކޮށް ހިންގާ އަމަލުތަކެއްކަމަށާއި، އަދި ގާނޫނީ ވަކީލުންގެ ސުލޫކާއި އާއްމު އަހުލާގާއި ވެސް ހިލާފުކަމެއްގެ ގޮތުގައި ބުނެ މަހަލް ޓުއާސްގެ މެނޭޖިން ޑިރެކްޓަރުގެ ފަރާތުން ސިޓީއެއް ކައުންސިލަށް ލިބިފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ. ޝަކުވާގެ މައްސަލައިގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ގައު ބޭއްވި ބާ ކައުންސިލުގެ އެގްޒެކެޓިވބް ކޮމިޓީގާއި ނާޒިމާއި ގުޅޭގޮތުން ހުށަހެޅި މައްސަަލަ ބެލުމަށް ނިންމިިކަމަށް ސިޓީގައި ވެއެވެ.

ބާކައުންސިލުން ޏާޒިމަށް ފޮނުވި ސީޓީގައި އޭނާއަށް އެންގީ އަންނަ ބުދަ ދުވަހުގެ ކުރިން އޭނާއާއި ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބުދާރީވުމަށެވެ.

މި މައްސަލައިގައި ނާޒިމް ބައެއް މީޑިއާތަކަށް ވިދާޅުވީ، ސުލޫކީ މިންގަނޑާއި ހިލާފުވިކަމަށް ބުނެ ބާ ކައުންސިލުން ސިޓީ ފޮނުވިނަމަވެސް އެ ނިންމުން ނިންމީ ކޮން މާއްދާއަކަށް ރިއާޔަތްކޮށްކަން ސިޓީގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

ރިިހިވެލި ރިސޯޓު ހިންގުމަށް ސޭވް ދަ ޑްރީމްއަށް ހަވާލުކުރި ސަބްލީޒް އެގްރީމަންޓް، އެ ރިސޯޓު ހިންގާ ރަށުގެ ހެޑްލީސް ހައްގުތައް އޮންނަ މާހަލް ޓުއާސްއިން ބާތިލު ކުރި މައްސަލައިގައި، ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ހައި ކޯޓުން ނިންމީ މިދިޔަ ނޮވެމްބަރު މަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: