ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިއްސުން ގުޅުން ހިންގި ނާޒިމް ސައްތާރުގެ އަދަބް ލުއި ވުމުން ދައުލަތުން މައްސަލަ އިސްތިއުނާފް ކޮށްފި

ގާނޫނީ ވަކީލު ނާޒިމް ސައްތާރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއިއެކު އެއްޖިއްސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފުވެ ކުށް ސާބިތުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު ނާޒިމް ސައްތާރުގެ އަދަބު ލުއި ކަމަށް ދައުލަތަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ވަކީލް ނާޒިމް ސައްތާރުގެ މައްޗަށް ކުށް ސާބިތުވެ އޭނާ 03 މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެކު ނާޒިމް އެއް ޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެ ނާޒިމް ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ. އަދި ކުރެވުނު ކުށަށް ތައުބާވާކަމަށް ކޯޓުގައި ބުނެފައި ވެއެވެ.

މައްސަލައިގައި ނާޒިމްގެ މަށްޗަށް ކުޑަ ހުކުމެއް އައީ އޭނާ ކުށަށް އިއުތިރާފުވެފައި ވާތީ އެވެ. އަދި ގޭބަންދު ކުރުމަށް ހުކުމް ކުރީ ތިން މަހަށް ނަމަވެސް ބަންދުގައި ހޭދަ ކުރި މުއްދަތު އުނި ކުރުމުން އެއީ ދެ މަހާއި ބާރަ ދުވަހެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނާޒިމްގެ ސައްތާރު ކުށަށް އިއިތިރާފްވި ނަމަވެސް އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަކީ ކުޑަ އަދަބެއް ކަމަށް ދައުލަތަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް މީޑިއާ އޮފިޝަލް ހިއްސާ ކޮށްފައެއް ނުވެއެވެ.

ދައުލަތުގެ ފަރާތުން ނާޒިމް ސައްތާރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ނާޒިމް ސައްތާރުގެ އަދަބު ކަނޑައަޅި ގޮތާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިމް ޝަމީމް ވަނީ އޭނާގެ އަމިއްލަފުޅު ބްލޮގުގައި ލިއުމެއް ވެސް ލިއުއްވާފައެވެ.

އެގޮތުން ޕީޖީ ޝަމީމްގެ ލިއުމުގައިވާ ގޮތުން ގާނޫނުލްއުހުގޫބާތުގެ 1106 ގެ ދަށުން ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ ދަށްވާނެއެވެ. އެކަމަކު އެއީ ދައުވާ ކުރުމުގެ ކުރިން ނަމަ އެވެ. ދައުވާ ކުރި ފަހުންނަމަ އެއް ދަރަޖަ އެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އޭނާ ކުރި ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްކޮށްދިނުމަށް އެދި ނާޒިމް ކޯޓަށް ހުށަހެޅީ ހުކުމް ކުރުމުގެ ގަޑިއިރުތަކެއް ކުރިންނެވެ. އޭނާ ބުނި ގޮތުގައި ދައުވާ ކުރުމުގެ ކުރިން އިއުތިރާފު ނުވެވުނީ އޭނާ ކުރި ކުށުގެ އުންސުރުތައް ސާފުނުވެ އޮތުމުންނެވެ. އެހެންވެ އެއީ ދައުވާގެ ކުރިން ވީ އިއުތިރާފެއް ކަމަށް ބަލައިދިނުމަށް އެދިފައިވެ އެވެ.

އެއް ޖިންސުން ގުޅުންހިންގި މައްސަލައިގައި ދެން ދައުވާކުރި ފުލުސް، އަބްދައްރަހުމާން ރަފީއު ވެސް ދައުވާއަށް އިއުތިރާފުވެ އާންމުކޮށް މާފަށް އެދުނެވެ. އެކަމަކު އެކަމަށް ރިއާޔަތް ނުކޮށް ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެހެންވެ ޕީޖީން އެދުނު ގޮތަށް އަދަބު ލުއިކޮށްދީފައި ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރަން ޕީޖީން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: