ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ނާޒިމް ސައްތާރު މިނިވަން ވެއްޖެ

އެއްޖިންސުން ގުޅުން ހިންގި އަލްމަގިރި އާއި ނާޒިމް ސައްތާރު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއިއެކު އެއްޖިއްސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފުވެ ކުށް ސާބިތުވެ ހުކުމް ތަންފީޒް ކުރަމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު ނާޒިމް ސައްތާރު މިނިވަން ވެއްޖެއެވެ.

ދައުލަތުން ނާޒިމުގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން ނާޒިމުގެ މައްޗަށް ސާބިތުވާ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ކްރިމިނަލް ކޯޓުން ނާޒިމަށް ލުއި އަދަބެއް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ކުށަށް އިއުތިރާފްވެ ތައުބާވެފައިވާތީ އެވެ. އެގޮތުން އިއްވީ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލު ހުކުމު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުމާ ގުޅިގެން ކޯޓުން ނިންމީ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށެވެ.

ނާޒިމް ހުކުމް ތަންފީޒްކޮށް މިނިވަން ވެފައިވާއިރު ނާޒިމްގެ މައްޗަށް ކޯޓުން ކުރި ހުކުމުގެ އަދަބު ކުޑަ ކަމަށް ނިންމައި ދައުލަތުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެކު ނާޒިމް އެއް ޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެ ނާޒިމް ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ. އަދި ކުރެވުނު ކުށަށް ތައުބާވާކަމަށް ކޯޓުގައި ބުނެފައި ވެއެވެ.

ނާޒިމް ސައްތާރުގެ އަދަބު ކަނޑައަޅި ގޮތާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިމް ޝަމީމް ވަނީ އޭނާގެ އަމިއްލަފުޅު ބްލޮގުގައި ލިއުމެއް ވެސް ލިއުއްވާފައެވެ.

އެގޮތުން ޕީޖީ ޝަމީމްގެ ލިއުމުގައިވާ ގޮތުން ގާނޫނުލްއުހުގޫބާތުގެ 1106 ގެ ދަށުން ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ ދަށްވާނެއެވެ. އެކަމަކު އެއީ ދައުވާ ކުރުމުގެ ކުރިން ނަމަ އެވެ. ދައުވާ ކުރި ފަހުންނަމަ އެއް ދަރަޖަ އެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އޭނާ ކުރި ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްކޮށްދިނުމަށް އެދި ނާޒިމް ކޯޓަށް ހުށަހެޅީ ހުކުމް ކުރުމުގެ ގަޑިއިރުތަކެއް ކުރިންނެވެ. އޭނާ ބުނި ގޮތުގައި ދައުވާ ކުރުމުގެ ކުރިން އިއުތިރާފު ނުވެވުނީ އޭނާ ކުރި ކުށުގެ އުންސުރުތައް ސާފުނުވެ އޮތުމުންނެވެ. އެހެންވެ އެއީ ދައުވާގެ ކުރިން ވީ އިއުތިރާފެއް ކަމަށް ބަލައިދިނުމަށް އެދިފައިވެ އެވެ.

އެއް ޖިންސުން ގުޅުންހިންގި މައްސަލައިގައި ދެން ދައުވާކުރި ފުލުސް، އަބްދައްރަހުމާން ރަފީއު ވެސް ދައުވާއަށް އިއުތިރާފުވެ އާންމުކޮށް މާފަށް އެދުނެވެ. އެކަމަކު އެކަމަށް ރިއާޔަތް ނުކޮށް ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެހެންވެ ޕީޖީން އެދުނު ގޮތަށް އަދަބު ލުއިކޮށްދީފައި ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރަން ޕީޖީން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: