ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިއްސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވި ނާޒިމް މިނިވަންވިއިރުވެސް ދައުލަތުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާ

ގާނޫނީ ވަކީލު ނާޒިމް ސައްތާރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއިއެކު އެއްޖިއްސުން ގުޅުން ހިންގި ކަމަށް އިއުތިރާފުވެފުވެ ކުށް ސާބިތުވެ ހުކުމް ތަންފީޒް ކުރަމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު ނާޒިމް ސައްތާރު މިނިވގެން ދިޔައިރުވެސް ދައުލަތުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުމެއް މިހާތަނަސް ވެސް ބާއްވާފައި ނުވާ ކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ (ޕީޖީ) ގެ އޮފީހުން ބުނެފިއެވެ.

ދައުލަތުން ނާޒިމުގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން ނާޒިމުގެ މައްޗަށް ސާބިތުވާ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ.

ކްރިމިނަލް ކޯޓުން ނާޒިމަށް ލުއި އަދަބެއް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ކުށަށް އިއުތިރާފްވެ ތައުބާވެފައިވާތީ އެވެ. އެގޮތުން އިއްވީ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. ޖަލު ހުކުމު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުމާ ގުޅިގެން ކޯޓުން ނިންމީ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށެވެ.

ނާޒިމް ހުކުމް ތަންފީޒްކޮށް މިނިވަން ވެފައިވާއިރު ނާޒިމްގެ މައްޗަށް ކޯޓުން ކުރި ހުކުމުގެ އަދަބު ކުޑަ ކަމަށް ނިންމައި ދައުލަތުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ” ސަންގު” އަށް މައުލޫމާތު ދެމުން ޕޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނާޒިމްގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކޮށްފައިވާ ކަމަށާއި ނަމަވެސް މިއަދާއި ހަމައަށް މައްސަލައިގެ އެއްވެސް އަޑުއެހުމެއް ހައިކޯޓުން ބާއްވާފައި ނުވާ ކަމަށެވެ.

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެކު ނާޒިމް އެއް ޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެ ނާޒިމް ވަނީ އެކަމަށް މާފަށް ވެސް އެދިފަ އެވެ. އަދި ކުރެވުނު ކުށަށް ތައުބާވާކަމަށް ކޯޓުގައި ބުނެފައި ވެއެވެ.

ނާޒިމް ސައްތާރުގެ އަދަބު ކަނޑައަޅި ގޮތާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިމް ޝަމީމް ވަނީ އޭނާގެ އަމިއްލަފުޅު ބްލޮގުގައި ލިއުމެއް ވެސް ލިއުއްވާފައެވެ.

އެގޮތުން ޕީޖީ ޝަމީމްގެ ލިއުމުގައިވާ ގޮތުން ގާނޫނުލްއުހުގޫބާތުގެ 1106 ގެ ދަށުން ކުށްވެރިޔާގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން، އޭނާ ކުޅަ ކުށާމެދު ހިތުގެ އަޑިން ދެރަވާކަން އާންމުކޮށް ފާޅުކޮށްފިނަމަ، އޭނާގެ މައްޗަށް ކަނޑައަޅަންޖެހޭ އަދަބު، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ ދަށްވާނެއެވެ. އެކަމަކު އެއީ ދައުވާ ކުރުމުގެ ކުރިން ނަމަ އެވެ. ދައުވާ ކުރި ފަހުންނަމަ އެއް ދަރަޖަ އެވެ.

ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އޭނާ ކުރި ކުށާމެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުގެ ސަބަބުން އަދަބުގެ ދަރަޖަ ދަށްކޮށްދިނުމަށް އެދި ނާޒިމް ކޯޓަށް ހުށަހެޅީ ހުކުމް ކުރުމުގެ ގަޑިއިރުތަކެއް ކުރިންނެވެ. އޭނާ ބުނި ގޮތުގައި ދައުވާ ކުރުމުގެ ކުރިން އިއުތިރާފު ނުވެވުނީ އޭނާ ކުރި ކުށުގެ އުންސުރުތައް ސާފުނުވެ އޮތުމުންނެވެ. އެހެންވެ އެއީ ދައުވާގެ ކުރިން ވީ އިއުތިރާފެއް ކަމަށް ބަލައިދިނުމަށް އެދިފައިވެ އެވެ.

އެއް ޖިންސުން ގުޅުންހިންގި މައްސަލައިގައި ދެން ދައުވާކުރި ފުލުސް، އަބްދައްރަހުމާން ރަފީއު ވެސް ދައުވާއަށް އިއުތިރާފުވެ އާންމުކޮށް މާފަށް އެދުނެވެ. އެކަމަކު އެކަމަށް ރިއާޔަތް ނުކޮށް ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްވީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.

ދައުލަތުން ނާޒިމްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އަލްމްގީރު ފުލުހުންނަށް ދިން ބަޔާން މީސް މީޑިއާގައި ލީކުވިއެވެ.  އޭގެއިން އެނގޭ ގޮތުގައި އަލަމްގިރި ވަނީ ނާޒިމާއި ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. ގިނަ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އެ ބަޔާނުގައި އިއުތިރާފުވީ ނަމަވެސް އޭނާ ބުނާ ގޮތުގައި އެތަނުން އޭގެ ފަހުން ވެސް ގުޅުމެއް ބޭއްވި ހަމައެކަނި މީހަކީ ނާޒިމެވެ.

އަލަމްގިރި ބުނީ ނާޒިމް އޭނާއަށް ހަދިޔާ ފަދަ ތަކެތި ގަނެދީ އުޅުނު ކަމަށެވެ. އަދި ފުލުހުން އޭނާ ދިރިއުޅުނު އެޕާޓްމަންޓު ބަލާފާސް ކުރުމަށް ފަހު ގެންދިޔަ ތަކެތީގެ ތެރޭގައި ނާޒިމް ދިން ބައެއް ހަދިޔާތައް ހިމެނޭނެކަމަށް އަލަމްގިރި ވަނީ ބުނެފަ އެވެ.

ލީކުވި ބަޔާނަކީ ތަރުޖަމާނެއްގެ އެހީގައި ތައްޔާރުކޮށްފައިވާ ބަޔާނެކެވެ. އަދި އެ ބަޔާނުގައި އަލަމްގިރީގެ ސޮޔާއި އެކު އިނގިލީގެ ނިޝާން ޖަހާފައި ވެއެވެ.

ނާޒިމް ދިރިއުޅޭ ގެއަށް ދިޔަ ނަމަވެސް، އޭނާ އަކީ ކޮން ހައިސިއްޔަތެއްގެ ކާކުކަން ނޭނގޭކަމަށް އަލަމްގިރިގެ ބަޔާނުގައި ވެއެވެ. އެ ގޭގެ ނަމަކީ “ކެނެރީގެ” ކަން ނޭނގުނު ނަމަވެސް މަޖީދީ މަގު ސީކްރެޓް ރެސިޕީ ގޯޅީގެ ތެރެއިން އެގެއަށް ދެވޭކަމާއި އަދި ގެ ހުންނަ ގޮތް ސިފަކޮށް ދީފައިވާ ގޮތުން އެއީ ކެނެރީގެކަން އެނގެ އެވެ. އަލަމްގިރީ ބުނެފައިވާ ގޮތުން ނާޒިމާއި އެކު އޭނާ އެކި ފަހަރު މަތީން ގުޅުން ހިންގާފައިވާނެ އެވެ. އަދި ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވާކަމަށް ބުންޏެވެ.

އަލަމްގިރިގެ ބަޔާނުގައި ނާޒިމްގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ހިމަނާފައި ވެއެވެ. ނަމަވެސް އެއީ އާއްމު އިޖްތިމާއީ މިންގަނޑާއި ހިލާފު ވާހަކަތަކެއް ކަމުން ހަބަރުގައި ނުހިމެނީ އެވެ.

ބަޔާނުގައި އަލަމްގިރި ވަނީ އޭނާއަށް އުމުރުން 07 އަހަރުގައި މީހަކު ޖިންސީ ގޯނާ ކުރިކަމަށް ބުނެފަ އެވެ. އަދި އެކަން އާއިލާގެ އެއްވެސް މީހަކަށް އަންގާފައި ނުވާނެކަމަށާއި އުމުރުން 10 އަހަރުން ފެށިގެން އެކި މީހުންނާއި އެކު ގުޅުން ހިންގާފައިވާނެކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން އެ ބަޔާނުގައި އަލަމްގިރި ބުނެފައިވާ ގޮތުން އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއްކަން އޭނާ ފަހުން މާލޭގައި ދިރިއުޅުނު ގޭގެ މީހުންނަށް ނޭނގޭނެ އެވެ. އެ މީހުންގެ ނަން ވެސް ތަފްސީލު ކުރުމަށް ފަހު އަލަމްގިރި ބުނީ، ލެމަންގްރާސްގެ ވަޒީފާ ބުރަވުމުގެ ސަބަބުން ދޫކުރުމަށް ފަހު ދޯންޏެއްގައި މަސައްކަތް ފެށި ކަމަށެވެ. އަދި އެ ދޯނީގެ ވެރި މީހާއަށް އޭނާގެ މަސައްކަތް ކަމުދިއުމުން ފަހުން ގޭގެ މަސައްކަތަށް ގެނައިކަމަށް ބުންޏެވެ. އަލަމްގިރި ބުނީ އެ ދެމަފިރިންގެ ދަރިއެއް ނުހުންނާތީ، ދެ މީހުންގެ ފަރާތުން ލޯތްބާއި އަޅާލުން އޭނާ

އެއީ ދެ ކޮޓަރީގެ އެޕާޓްމެންޓެއްކަމުން އޭނާ އުޅުނީ އެތަނުން އެއް ކޮޓަރީގައިކަމަށާއި

އަލަމްގިރްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން 45 އާއި 50 ދެމެދުގެ އަދަދެއްގެ މީހުންގެ ވީޑިއޯތައް އޭނާ ވާނީ ކޮށްފައެވެ. ނަމަވެސް ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ އެންމެ ތިން މީހުންގެ ނަމެވެ. އެއީ ނާޒިމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުގެ ނަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: