ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭތީ ނާޒިމްގެ ވަކާލާތު ކުރުމުގެ ހުއްދަ ހިފަހަށްޓައި ދޭން އެދިއްޖެ

ގާނޫނީ ވަކީލު ނާޒިމް ސައްތާރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްރުގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭތީ އޭނާ އަށް ދީފައިވާ ވަކާލާތު ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހަށްޓައި ދިނުމަށް އެދި ރާއްޖޭގެ ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ނާޒިމް ސައްތާރުގެ ވަކާލާތު ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހަށްޓައި ދިނުމަށް އެދި ނާޒިމް ސުލޫކީ މައްސަލަ ބާ ކައުންސިލަށް ހުށަހެޅީ ގާނޫނީ ވަކީލް އަހުމަދު ޠޯލިބްއެވެ.

ޠޯލިބް ބާ ކައުންސިލަށް ހުށަހެޅުއްވި މައްސަލައާއި ގުޅޭ ގޮތުން “ސަންގު” އަށް މައުލޫޟާތު ދެއްވަމުން ވިދާޅުވީ ނާޒިމް އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯތަކާއި ފޮޓޯތައް މީސް މީޑިއާގައި ދައުރުވަމުންދާއިރު އޭނާ އަށް ވަކާލާތު ކުރުމުގެ ހުއްދަ ދީފައި އޮތުމަކީ އެހެން ވަކީލުންގެ ވެސް އަގުވެއްޓި މުޖުތަމައުގައި ވަކީލުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

ޠޯލިބް ވިދާޅުވީ ނާޒިމް މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަމުންދާއިރު އޭނާ ކޯޓުތަކަށް ގޮސް ވަކާލާތު ކުރުމަކީ ވަކީލުންގެ ކަރާމާތާއި އަބުރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އެހެން ކަމުން އޭނާ ބާ ކައުންސިލްއަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ ކުށެއް ނެތްކަން ޝަރުއީ ކޯޓަކުން ހުކުމް ކުރަންދެން އޭނާއަށް ދީފައިވާ ވަކާލާތު ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހަށްޓައި ދިނުމަށް ކަމަށެވެ.

ނާޒިމް ވަކާލާތު ކުރުމުގެ ހުއްދަ ހިފަހަށްޓައި ދޭން އެދި ހުށަހެޅި މައްސަލަ

އެއް ޖިންސުން ގުޅުން ހިންގައި، ހަޑިމުޑުދާރު އަމަލު ހިންގާ ނާޒިމްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވީއިރު އޭނާއަކީ ގާނޫނީ ވަކީލެކެވެ. އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި މައްސަލައިގައި ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ، ނާޒިމަކީ ސޯޝަލް މީޑިއާގައި ސިޔާސީ އެކި ފަރާތްތަކަށާއި ގާނޫނީ ދާއިރާގެ އިސް މަގާމުތަކުގައި ތިއްބަވާ އަދި ކޯޓުތަކުގެ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޒާތީ ގޮތުން ދިމާ ކުރައްވައި ހަޑި ހުތުރު ބަސްތައް ބޭނުންކޮށް ޓްވީޓު ކުރައްވާ ބޭފުޅެކެވެ.

ވީޑިއޯ އާއްމުވުމުން ނާޒިމް ވަނީ، އޭނާގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، އެއީ ހަރުކަށި ފިކުރުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކައި މޭއި ހައެއްގެ ހަމަލާގެ ހަގީގަތް ހާމަ ކުރާތީކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ގޮވާލި މީހުންނަށް ވެސް ރައްދު ދިނެވެ.

ނާޒިމްގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުަތު ކުރެވޭއިރު އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށް ސުވާލު ކޮށްފައިވެއެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފުރުން މަނާކޮށް ޕޯސްޕޯޓް ވަނީ ހިފަޖަށްޓާފައެވެ.

މައްސަލައިގައި ފުލުހުން މީޑިއާތަކަށް ބުނީ ނާޒިމްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށާއި، ވީޑިއޯ އާއްމު ކުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާއިރު އޭގެ ތެރެއިން ބައެއް މީހުން ފާހަގަ ކުރެވިފައިވާކަމަށެވެ. ނާޒިމަށް އެއްވެސް ފިޔަވަޅެއް ނާޅަނީ، އެއީ ރައީސް ނަޝީދުގެ ކޮއްކޯފުޅަށް ވާތީކަމަށް ބުނެ ފާޑުކިއުން އަމާޒުވާއިރު މައްސަލަ ބަލަންޖެހޭކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ ތާވަލުކޮށް ކުރިޔަށް ގެންދިއުމަށް ރައީސް ނަޝީދު ފުރުސަތު ދެއްވާފައި ނުވެ އެވެ.

ސަރުކާރުން ނުވަތަ އެމްޑީޕީން އެއްޖިންސުން ގުޅުން ހިންގުމާއި، ހުޅަނގުގެ ގައުމުތަކުގެ ގަބޫލު ކުރުންތައް ދިފާއު ކުރާކަމަށް ވާހަކަތައް ދެކެވޭއިރު، ނާޒިމްގެ މައްސަލަ އެމްޑީޕީގެ މެމްބަރުން މިހާތަނަށް ކުށްވެރިކޮށްފައި ނުވެ އެވެ. އޭގެ ބަދަލުގައި މީޙުންގެ އަގު ވައްޓާ ނުލުމަށާއި، ޒާތީ ނުވުމަށް އެމްޑީޕީގެ މެމްބަރުން ދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އަންނި އާއިލާ މީހެއްވީމާ ތުހުމަތު ވީޑިއޯތައް ލީކް ވެގެން އުޅޭއިރުވެސް ހާދަހާވާ ބިރުގަނެޔޭ ދޯ ތެދުބުނަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: