ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރި އެއްބަސްވީ ލިވާތުކުރިކަމަކަށް ނޫން، އަދަބު ކުޑަވީ އެހެންވެ: ސިއްދީގު

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގު/ ފޮޓޯ:- ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަލަމްގިރި އެއްބަސްވީ ލިވާތުކުރިކަމަކަން ނޫންކަމަށާއި، އަދަބު ކުޑަވީ ސަބަބަކީ އެއީކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރ، ގާނޫނީ ވަކީލް އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.

ސަންގު ޓިވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި އެއްޖިންސުން ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެ، ހުކުމް އިއްވާފައިވާ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްރީގެ މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން ސިއްދީގު ވިދާޅުވީ ދައުވާކުރުމާއިމެދު އަދި ކުރާނީ ކޮން ދައުވާއެއްކަމާއިމެދުވެސް ގޮތް ނިންމުމުގެ އިހްތިޔާރު ލިބިގެންވަނީ ޕްރޮސެކިއުޓާ ޖެނެރަލްއަށްކަމަށެވެ. ސިއްދީގު ވިދާޅުވީ އާދަމުގެ ދަރިންގެ މައްޗަށް އެންމެ ބޮޑު އަޒާބެއް ލިބޭނެ ފާފައިގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އެންމެ ބޮޑު ފާފައަކީ ލިވާތު ކުރުމުގެ ފާފަ ނަމަވެސް މިއީ މި ސަރުކާރުން ވަރަށް ސިމްޕަލްކޮށް ނަގާ މައްސަލައެއްކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އާއި ލިވާތުކުރުމުކުރުމުގެ ކުށުގެ ދައުވާއަކީ މުޅިން ދެ ދައުވާކަމަށް ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ ކަނޑައަޅާފައި އަދަބުވެސް ތަފާތުވާނެކަމަށާއި އަދި ލިވާތުކުރުމުގެ ފާފަ ބޮޑުވާނެކަމަށެވެ. ލިވާތުކުރުމުގެ ދައުވާ އަލަމްގިރީގެ މައްޗަށް އުފުލެއް އޮއްވާ އޭނާގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާކުރުމުން ދޭހަވަނީ މި ސަރުކާރުން މާތް ﷲ ގެ ހުކުމްފުޅުތައް ބަލައިނުގަންނަކަންކަމަށް ސިއްދީގު ވިދާޅުވިއެވެ.

މިއީ އެފަދައިން ވާހަކަދެއްކުމަށް ފުރުސަތު ދިނުމަށް ސަރުކާރުން ހިންގި ޖަރީމާއެއްކަމަށް ސިއްދީގު ވިދާޅުވިއެވެ.

މީގެ ނަތީޖާއަކަށް ވެގެންދިޔައީ 40 އެތައް މީހުންނަކާއިއެކު ލިވާތުކުރިކަމަށް އަމިއްލައަށް އިއުތިރާފުވި މީހަކަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނަނީ، އަދި އޭގެންވެސް ބަންދުގައި ހުރި ދުވަސްތައް ކަނޑާފަ

އަލަމްގިރީގެ މައްޗަށް ލިވާތުކުރުމުގެ ކުށުގެ ދައުވާ އުފުލިނަމަ ހުކުމް އަންނާނެ ގޮތަކީ މިހާރު އައިސްފައިވާފަދައިން 6 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ނޫންކަމަށް ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ  ޕްރޮސެކިއުޓާ ޖެނެރެލް އިން ލިވާތުކުރުމުގެ ކުށުގެ ދައުވާ އަލަމްގިރީގެ މައްޗަށް އުފުލިނަމަ އޭނާގެ މައްޗަށް އިސްލާމީ ޝަރީއަތުގައި ވާފަދައިން ހައްދު ގާއިމްކުރެވޭނެކަމަށެވެ.

ސިއްދީގު މިފަދައިން ވާހަކަދައްކަވާފައިވާއިރު، އާންމުވި އަލަމްގިރީގެ އިއުތިރާފުގެ ބަޔާނުގައި ލިވާތުކުރިންކަމަށް އެެއްބަސްވެފައެއް ނުވެއެވެ. ވަނީ އޭނާ ކުޑައިރުންފެށިގެންވެސް އެއްޖިންސުން ގުޅުން ހިންގިކަމަށާއި އިތުރު 3 ގައުމެއްގެ މީހުންނާއިއެކު އެއް ޖިންސުން ގުޅުން ހިންގިންކަމަށެވެ.

މިފަދައިން އިއުތިރާފުގެ ބަޔާނުގައި އޮތް ނަމަވެސް ލިވާތުކުރުމުގެ ކުށުގެ ދައުވާ އުފުލޭނެކަމަށާއި، ނަމަވެސް ލިވާތުކުރުމުގެ ކުށުގެ ދައުޥާ ޕީޖީން އަލަމްގިރީގެ މައްޗަށް ނުއުފުލީ ސަރުކާރުގެ ނުފޫޒު މި މައްސަލައިގެ ތެރެއަށް ވަދެފައިވާތީކަމަށް ސިއްދީގު ވިދާޅުވިއެވެ. މި މައްސަލައަކީ ނުފޫޒުގަދަ ސިޔާސީ ބޭބޭފުޅުންގެ މަސްލަހަތު އޮތް މައްސައެއްކަމަށް ފާހަގަކުރައްވާ ސިއްދީގު ވިދާޅުވީ މިކަމަށް އެންމެ ބޮޑު ނުފޫޒެއް ވައްދާފައިވަނީ އަލަމްގިރިއާއިއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ ކޮށްފައިވާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ ނާޒިމް ސައްތާރުގެ ފަރާތުންކަމަށެވެ.

އެހެންވީމަ އެންމެ ބޮޑު ނުފޫޒެއް މީގެ ތެރެއަށް ވައްދާފަ މިއޮތީ ނާޒިމް ސައްތާރުގެ ފަރާތުން. މި މައްސަލައާއި ގުޅިގެން ރައީސް ސާލިހުގެ މައްޗަސް ޒިނޭގެ ތުހުމަތު އަޅުވާފި ރައްޔިތުންގެ މަޖިލީޙުގެ ރައީސް އާއި ނައިބު ރައީސާ، ބަގުރަލުގެ ތުހުމަތު އަޅުވައިފި

ނާޒިމްގެ މައްސަލައާއި ގުޅިގެން ރައީސް ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރައީސް ސާލިހުގެ މައްޗަށް އެތައް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިކަމަށާއި އަދި އެގޮތުން ރައީސް ސާލިހު ކޮމްޕްރޮމައިޒް ކުރެއްވީކަމަށް ސިއްދީގު ވިދާޅުވިއެވެ. މި މައްސަލާގައި ނާޒިމް ސައްތާރަށް ލުއި ގޮތަށް ހަދައިދިނުމަށް ސަރުކާރުން ނިންމި ވާހަކަ އިވިފައިވާކަމަށް ފާހަގަކޮށް ސިއްދީގު ވިދާޅުވީ އެއީ ހަގީގީ ވާހަތަކެއްކަން އަލަމްގިރީގެ އަދަބު ލުއިވުމުން ގަބޫލުކުރަންޖެހޭކަމަށެވެ. 250 އަށްވުރެ ގިނަ މީހުންނާއިއެކު އަލަމްގިރި އެއްޖިންސުން ގުޅުން ހިންގަކަމުގެ މައުލޫމާތު ލިބިފައިވާއިރު ސިއްދީގު ވިދާޅުވީ، މިަކމުގައި ޝާމިލުވީ މީހުންނަށްވެސް ހުކުމް އަންނާނީ އަލަްމގިރިއަށް ކޮށްފައިވާ ހުކުމާއި ގުޅިގެންކަމަށެވެ. އެހެންކަމުން އަލަމްގިރިއަށް ލުއި އަދަބު ލިބޭނެ ދައުވާއެއް ޕީޖީން ކުރީ ނާޒިމް ސަލާމަތްކުރުމަށްކަމަށް ސިއްދީގު ވިދާޅުވިއެވެ.

މިއީ ޝަރުއީ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޝަރުއީ ނިޒާމާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތުވުން އުފެއްދުންކަމަށް ވިދާޅުވެ ސިއްދީގު ފާހަގަކުރެއްވީ އެހެންކަމުން ވެރިކަމަށް އައުމަށްޓަކައި ޝަރުއީ ނިޒާމު އިސްލާހުކުރުމަށް ރައީސް ސާލިހު ދެއްކެވި ވާހަކަތައް މިދިޔައީ ފަނުފުލުންކަމަށެވެ.

ވަރަށް ގަދަ
46%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 46%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ގޮޔާ އަރަބިން ލިވާތު ކިޔަނީ ފިރިހެނުން ފިރިހެނުން ނާއި އެކު އެއްޖިންސުން ގުޅުން ހިންގުމަށް އަންހެނުން އަންހެނުންނަށް އެއްޖިންސުން ގުޅުން ހިންގުމަށް ކިޔަނީ ސިޙާޤު ދެން ތިކިޔޭ އެއްޗެއް އެނގިލައްވާތޯ ދީނީ ކަންކަމުގަ މޮޔަ ނުގޮވާ މަޖްލިސް ފްލޯ އެއްގައެއް ނޫން ކަން ހަނދުމަކުރޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: