ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީގެ މި އަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ބާއްވާ ރައްޔިތުންގެ ބައްދަލު ވުންތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ބައްދަލުވުން ކާމިޔާބު ކަމާއިއެކު ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ލޮނުޒިޔާރަތް ޕާކުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މާލެ ސިޓީގެ ހުރިހާ ދާއިރާތަކަކުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ނިމިދިޔަ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ގިނަ ސުވާލު ތަކަށް މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޖަވާބު ދެއްވާފައެވެ. އަދި ކައުންސިލްގެ މަސައްކަތްތަކުގެ ތަފްސީލް ހާމަ ކޮށްދެއްވުމުގެ އިތުރުން މޭޔަރ ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައްވެސް ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ

މިއާއިއެކު ސަރުކާރުގެ އެއްބާރުލުން ނުލިބި ކުރިއަށް ނުގެންދެވިފައި ހުރި މަޝްރޫޢު ތަކުގެ ތަފްސީލް ވެސް މޭޔަރު ވަނީ ހާމަކޮށްދެއްވާފައެވެ.

ރޭގެ ބައްދަލު ވުމުގައި މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ “ރައްޔިތުންގެ ޚިޔާލުފޮތް” މޭޔަރ މުޢިއްޒު ވަނީ ނެރެ ދެއްވާފައެވެ.

 

މީގެ އިތުރުން މިދައުރުގެ ކައުންސިލްގެ ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައިވާ ކަންކަމުގެ ތެރެއިން ފެށި އަދި ނިމިފައިވާ ކަންކަމާއި، ކުރިއަށް ނުގެންދެވި ހުރި ކަންކަމާއި، އޭގެ ތަފްސީލްވެސް މެޔަރު ވަނީ ވިދާޅުވެ ދެއްވާފައެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ވަނީ މާލެ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ނިމިދިޔަ 2021 ވަނަ އަހަރު ކުރެވުނު މުހިންމު ކަންކަމާއި ގުޅޭ އަހަރީ ރިޕޯޓު އާންމުކޮށްފައެވެ. މިއާއިއެކު ކައުންސިލްގެ މާލީ ބަޔާނުގެ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ. ކައުންސިލްގެ އަހަރީ ރިޕޯޓާއި އެކު މާލީ ބަޔާން މިހާރު މާލެ ސިޓީގެ ވެބްސައިޓުގައި ވަނީ ޝާއިއު ކުރެވިފައެވެ.

މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރެއްވެވުމަށްފަހު ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ޚިޔާލާއި ޝުޢޫރު ފާޅުކުރުން ކުރިއަށް ގެންގޮސްފައިވެއެވެ. އެ ފުރުޞަތުގައި ގިނަ ބަޔަކު ވަނީ ޚިޔާލު ހުށަހަޅުއްވާފައެވެ. އަދި މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޚިޔާލުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: