ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިއްކަން އުޅޭ ސަރަޙައްދަކީ އާބަންކޯއަށް ރެޖިސްޓްރީކޮށްފައިވާ ސަރަޙައްދެއް ނޫން: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ބޮޑު ބަދަލެއް ގެނެސް، ހިއްކަން މަޝްވަރާ ކުރަމުން އަންނަ ފަޅުގެ ސަރަޙައްދުގެ އިޙްތިޞާސް އޮތީ މާލެ ސިޓީ ކައުންސިލަށް ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅު ވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ ހިއްކަން އުޅޭ ސަރަޙައްދަކީ އާބަންކޯއަށް ރެޖިސްޓްރީކޮށްފައިވާ ސަރަޙައްދެއް ނޫން ކަމަށާއި ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއްކަމަށެވެ.

ހިއްކަން އުޅޭކަމަށް ބުނާ ސަރަޙައްދަކީ މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސް ގެ ތެރޭގައި ހިމެނޭ ސަރަޙައްދެއް

މުއިއްޒުގެ ޓްވީޓުގައި މާލެ ސިޓީ ގެ ބިމަށް ބިން އިތުރުކުރުމަކީ އެ ބިމުން ރައްޔިތުންގެ ގެދޮރުވެރިކަންފަދަ އެންމެ އަސާސީ ކަންކަމަށް ފައިދާ ކުރާނަމަ، ރަނގަޅުކަމެއް ނަމަވެސް، އެކަން ކުރަންވާނީ އެހެން ކޮންމެ ކަމެކޭވެސް އެއްފަދައިން، ހަމަތަކާއި ޢުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫޢަކީ، ހުޅުމާލެ މާސްޓަރޕްލޭނާއި ޚިލާފަށް ޕްލޭން ކުރުމެއްނެތި ކުރާ ކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މާސްޓާޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ޖެހޭނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގައި އަމަލު ކުރަމުންދާ ޤާނޫނުތަކާ ޢުސޫލުތަކާ އެއްގޮތަށް ނަމަވެސް މިކަން ކުރަން މަސައްކަތް ކުރަނީ ލާމަރުކަޒީ ޤާނޫނާ ޚިލާފަށް މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

ޑިމޮކްރަސީއެއްގައި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ދެމެހެއްޓުމަކީ ރައްޔިތުންނާއި ދަޢުލަތުގެ އެންމެހާ ޙައްޤުތައް ރައްކާތެރިކުރުމަށް ޓަކައި އަބަދުމެ ކަށަވަރުކޮށްދެވެންވާނޭ އަސާސީ ސިފައެއް

މުއިއްޒު ވަނީ މިކަން އިސްލާހުކޮށް، މަޝްވަރާގެ މަތީން ޤާނޫނާ ޤަވާއިދުގެ ތެރެއިން އަމަލު ކުރުމަށް އާބަންކޯއަށް އިލްތިމާސް ކުރައްވާފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިއްބައިދިނުމަށް ކުރެވޭ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: