ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ކޮންމެ އީދެއްގައި މުޅި ރާއްޖޭގެ ކަންކޮޅުތަކުން ތަކުބީރުގެ އަޑު ގުގުމާލާނެ: ޑރ. މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އީދެއްގައި ބޭނުންވަނީ މުޅި ރާއްޖޭގެ ކަންކޮޅުތަކުން ތަކުބީރުގެ އަޑު ގުގުމާލަންކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭސިޓީގެ މޭޔަކަމުގެ މަގާމަގައި ހުންނަވާ ވެރިކަމަށް ކުރިމަތިލައްވާ ހޮވިވަޑައިގެން، އެންމެފުރަތަމަވެސް ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހުންނެވީ ގައުމީއްޔަތު އާލާކޮށް ދިރުވުމަށް ކަމަށެވެ.

އެގޮތުން ހުރިހާ ކަމަކަށް ވުރެ ގައުމުގެ މަސްލަހަތު ބޮޑު ކަމަށާއި، ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭނެ ކަމަށެވެ. އަދި އިސްލާމީ ވަންތަކަން ދިރުވާ އާލާ ކުރަންޖެހޭ ކަމަށްވެސް މުއިއްޒުވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ. މުއިއްޒު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އިތުރަށް ފާހަގަކުރެއްވީ، އީދުދުވަހުގައި ތަކުބީރުގެ އަޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރުވާނެ ކަމަަށާއި، ފުރަތަމަ ބަލާނީ ސިޓީތަކާއި، އަތޮޅު ވެރިކަން ކުރާ ރަށްތަކަށް ކަމަށެވެ. އޭގެ ފަހުން ސަރުކާރަށް ކެރި ފޯރުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ފުޅާކުރަމުން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ނިމިދިޔަ އަޟުހާ އީދުގައި މާލޭގެ މަގުތައް ޒީނަތްތެރި ކުރައްވާފައިވާ ގޮތުން އެކަމަށް ލިބުނުތާއިދާއި އެކަމުގެ ސަބަބުން ރައްޔިތުނަށް ލިބުނު ހިންހަމަޖެހުމުގެ ވާހަކައަށް އަލިއަޅުވާލަމުނެވެ.

މާލޭގައި ބޮކި ދިއްލާ ތަކުބީރު އިއްވީމާ ރައްޔިތުންގެ ހިތައް ލިބުނު އުފަލާއި، ފާޅު ކުރަމުންދިޔަ ޝުއޫރުތަކާއި، ނަގަމުންދިޔަ ސެލްފީތަކާއި، އަދި ބައްދަލުވެ ދެއްކެވި ވާހަކަތަކުން ރައްޔިތުންނަށް ލިބިފައިވާ ހިންހަމަޖެހުން  އެނގިގެން ދިޔަ ކަމަށެވެ.

“އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެންގެ ޅަ ދަރިންނަށް އަޅުގަނޑުމެންގެ ގައުމިއްޔަތަށް ލޯބިކުރަން އަޅުގަނޑުމެން އިސްކަންދީ އެބަޖެހޭ ހަގީގީ މާނާއިގަ މިކަންތައް ކުރަން. ” ޑރ. މުއިއްޒު 

މުއިއްޒު ވިދާޅުވީ ގައުމުދެކެ ލޯބިވުުން އެއީ ކޮންމެ އަފުރާދަކުވެސް އުފަލާއި އެކު ދައްކަވާ ވާހަކައަކަށް ހާދާދޭނެ ކަމަށެވެ. އެގޮތުން ރައްޔިތުން އެމަނިކުފާނަށް ވޯޓް ދެއްވީ މިނިވަން ޔަގީން ކުރުމަށް ކަމަށާއި، ހުވާ ކުރުމާއެކު އެ މަސައްކަތް ތައް ކުރެވިގެންދާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: