ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޑީކޭގެ ފަރާތުން އެސިސްޓެޑް ލިވިންގ ޝޯރޫމެއް މާލޭގައި ހުޅުވައިފި

އޭޑީކޭ އިން ޝޯރޫމެއް މާލޭގައި ހުޅުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ އެކި ހާލަތްތައް ދިމާވެގެން ހޮސްޕިޓަލަށް ގެނައުމަށް ދަތިވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށް އޭޑީކޭގެ ފަރާތުން އެސިސްޓެޑް ލިވިންގ ޝޯރޫމެއް މާލޭގައި ހުޅުވައިފިއެވެ.

މި ޝޯރޫމް ހުޅުއްވައިދެއްވީ ސެނަހިޔާގެ ޕަލްމޮނޮލޮޖިސްޓް ޑރ. މުހައްމަދު ފާލިހު އަލީ އެވެ. އެސިސްޓެޑް ލިވިންގެ ފަރާތުން ހުޅުވި ޝޯރޫމްގައި ހޮސްޕިޓަލުން ބޭރުގައި ނުވަތަ ގޭގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ހާއްސަ ހާލަތްތަކުގައި ބޭނުންކުރާ ގިނަ ސާމާނު ލިބެން ހުންނާނެ އެވެ. އެގޮތުން ކަށީގެ ތަފާތު އަނިޔާތަކަށް ބޭނުންކުރާ ގާޑާއި ނޭވާލުމުގެ ނިޒާމަށް ނުވަތަ ނިދުމުގެ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަ މެޝިނާއި ހޮސްޕިޓަލުގައި ބޭނުން ކުރާ އެނދާއި އިލެކްޓްރިކް އަދި މެނުއަލް ވީލްޗެއަރ ފަދަ ތަކެތި މިފިހާރައިން ލިބެން ހުންނަނެ އެވެ. މިއީ ގިނަ ފަހަރަށް މިތަކެއްޗަކީ ރާއްޖެއިން ލިބެންނުހުންނަ ތަކެތިކަން ފާހަގަ ކުރެވެއެވެ.

އެސިސްޓެޑް ލިވިންގެ ތަފާތު ކަމަކީ އެ ތަނުން ވިއްކާތަކެތީގެ ތެރޭގައި ހިމެނޭ އިލެކްޓްރިކަލް ވީލްޗެއަރ ފަދަ ތަކެތީގައި ހިމެނޭ ހާއްސަ ޑިވައިސްއަށް ދިމާވާ މައްސަލަ ނުވަތަ މެކޭނިކަލް މައްސަލަތައް އެ ފިހާރައިން ހައްލުކޮށް މަރާމާތުކޮށް ދިނުމުގެ ހިދުމަތް ލިބެން ހުރުމެވެ.

މާލޭގެ އިމާރާތްތައް ހުންނަ ގޮތުން ލިފްޓް ނުހުންނަ ހާލަތްތަކުގައި މަތީ ފަންގިިފިލާއަކުން ބަލި މީހަކު ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހަކު އިމާރާތުގެ ތިރިއަށް ބޭލުމަށް ނުވަތަ މައްޗަށް ގެންދިއުމަކީ ވަރަށް ދަތިކަމެކެވެ. އެމަޖެންސީ ހާލަތުގައި ލިފްޓް ނެތް އިމާރާތަކުން ބަލި މީހާ ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހާ ބޭލުމަށް ބޭނުންކުރާ ހާއްސަ އާލަތްތަކަކީ އެސިސްޓެޑް ލިވިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޕްރޮޑަކްޓްތަކެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ގޭގައި ބަލަހައްޓާ ނުވަތަ އަޅާލަން ޖެހިފައިވާނަމަ އެފަދަ ފަރާތްތަކަށް ބޭނުންވާނެ ވަރަށް ގިނަ ސާމާނު ލިވިންގ ޝޯރޫމުން ލިބެން ހުރެއެވެ.

އޭގެތެރޭގައި އަމިއްލައަށް ހެލިފެލިވެ އުޅުމަށް އެހީތެރިވުމަށް ގޭތެރޭގައާއި ފާހާނާގައި ހަރުކުރާނެ ތަކެއްޗާއި، އަމިއްލައަށް އެނދަށް އުޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާ އަދި ވޯކަރ ފްރޭމްސް ފަދަ ވަރަށް ގިނަ ވައްތަރުގެ ތަކެތި ލިވިންގ ޝޯރޫމުން ލިބެންހުރިކަން ފާހަގަކޮށްލެވެއެވެ.

އެސިސްޓެޑް ލިވިންގ އިން ވިއްކާ ހާއްސަ ތަކެތީގެ ތެރޭގައި ކަނދުރާގެ އެކި އަނިޔާ ނުވަތަ ކަސްރަތާއި ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާގެ ސަބަބުން ބޭނުންކުރަން ޑޮކްޓަރުން އިރުޝާދުދޭ ގާޑު ނުވަތަ ބްރޭސަސްގެ  ބްރޭންޑް ހިނެމެނެއެވެ. އެތަނުން ވިއްކާ ސާމާނަކީ އާންމުކޮށް ބޭނުންނުކުރާ އަދި ލިބެން ނުހުންނަ ތަކެތިކަމަށްވާތީ އެފަދަ ސާމާނު އެންމެފުރިހަމައަށް ބޭނުން ހިފޭނެގޮތަށް އެތުރޭނެގޮތް، އެތަނަށް އަންނަ މީހުންނަށް ދައްކާލުމަށް ބެހެއްޓިފައި ހުރެއެވެ. އަދި އެ ޝޯރޫމުން ވިއްކާ ބައެއް ބްރޭންޑްތަކަކީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ އަދި ގިނަބައެއްގެ އިތުބާރާއި އިހްތިރާމް ލިބިފައިވާ ބްރޭންޑް ތަކެކެވެ. އެގޮތުން ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ތެރޭގައި ޓެނާ، ޗާރޗް އެންޑް ވައިޓް ،  ބީއެމްސީ ، ސޮފްޓް ޓަޗް ،ޑައިނާ އަދި ތުއަސްނޭ ފަދަ އިންޓަރނޭޝަނަލް ބްރޭންޑް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: