ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫ.އޭ.އީ ސަރުކާރާއިއެކު ދެ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރާއި، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ސަރުކާރާ ދެމެދު ދޭދޭ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާފަދަ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ދިވެހި ސަރުކާރާއި ޔޫއޭއީގެ ސަރުކާރާއި ދެމެދު ގަވަމަންޓް ޑިވެލޮޕްމަންޓް އެންޑް މޮޑަނައިޒޭޝަންގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމަށްޓަކައި ވެވިގެން ދިޔަ އެއްބަސްވުމެކެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އަދި ޔޫ.އޭ.އީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ކެބިނެޓް އެފެއާޒް މުޙައްމަދު އަލް ގެރާވީ އެވެ.

މި އެއްބަސް ވުމުގައި ސޮއި ކުރެވިފައިވަނީ ވަރލްޑް ގަވަރމަންޓް ސަމިޓް 2022 ގެ ހަވާސާގައެވެ.

ވަރލްޑް ގަވަރންމަންޓް ސަމިޓް 2022 ގައި ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލަށް ވެގެންދާނެގޮތް ވަޒަންކޮށް، ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަޤްބަލް ތަޞައްވުރުކުރާނެއެވެ. އެކި ޤައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތްނިންމާ ފަރާތްތައް މި ސަމިޓްގައި ބައިވެރިވެވަޑައިގެން ޚިޔާލުބަދަލުކުރައްވައި، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގު ވަނީ ފަހި ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީ. ގެ ދުބާއީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގަންނަވާކަން ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: