ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަކީ އަބަދުވެސް ކަން އޮންނަ ގޮތް ގަބޫލުކޮށް، ކަންކަން ރަނގަޅުކުރުމަށް ވަކާލާތުކުރާ ބައެއް: ސިރާޖު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އަކީ އަބަދުވެސް ކަން އޮންނަ ގޮތް ގަބޫލުކޮށް، ކަންކަން ރަނގަޅުކުރުމަށް ވަކާލާތު ކުރާ ބައެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

 

ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހިދްމަތްތަށް ހުއްޓިފަައި ވާތީ އެކަމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށައެޅި ކުއްލި މައްސަލަައިގައި ވާހަކަ ދައްކަވަމުން ސިރާޖް ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ކަން އޮންނަ ގޮތް ގަބޫލުކޮށް، ކަންކަން ރަނގަޅުކުރުމަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށެވެ.

ސިރާޖު ވިދާޅުވީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހާލަތު ވަރަށް ބޮޑަށް ދަށް ކަމަށެވެ. އެގޮތުން އެކްސްރޭ އެއް ނުނެގޭތާ 6 މަސްވެފައިވާއިރު މިއީ ލަދުވެތި ކަމެއްގެ ގޮތުގައި ސިރާޖް ސިފަކުރެއްވިއެވެ.

މިސަރުކާރުގެ ފަރާތުން ގަމު ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިކަމަށް ސިރާޖު ފާހަގަ ކުރައްވަމުން ވިދާޅުވީ މައިގަނޑު ބަދަލަކަށް ގެނެވުނު ކަމަކީ އެކީގައި އުޅޭ ރަށްޓެހިންނަށް ވަޒީފާ ދިނުމަށް ބޯޑެއް އެކުލަވާލުން ކަމަށެވެ.

އެބޯޑަށް ހޮސްޕިޓަލު ނުހިންގޭ ކަމަށާއި ސަބަބަކީ ބޯޑުގައި ހިމެނެނީ ހޮސްޕިޓަލު ހިންގުމުގެ ގާބިލުކަން ނެތް މީހުން ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މުޅި ހޮސްޕިޓަލުގެ ހިންގުން އެއްކޮށް ހަލާކުވެގެން ގޮސްފައިވާ ކަމުގައި ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވި ގޮތުގައި ކުރިން އެ ހޮސްޕިޓަލަކީ އެވްރެޖުކޮށް ދުވާލަކު 400 އެއްހާ މީހުން ޑޮކްޓަރަށް ދައްކަމުން ދިޔަ ތަނެއްކަމަށާއި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 100 މީހުންވެސް އެތަނަށް ދައްކަމުން ނުދާ ކަމަށެވެ. އެކަމުގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ފަރުވާ ނުލިބުމެވެ. މީގެ ކުރީގައި ގަމު ހޮސްޕިޓަލަށް ދެއްކުމަށް ތ އަތޮޅާއި މ އަތޮޅުން މީހުން އައި ނަމަވެސް މިހާރު ހޮސްޕިޓަލް ނުހިނގާ ކަމުގައި ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ ގަމު ހޮސްޕިޓަލުގައި އީއެންޓީ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: