ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަންޑޫގެ އިހްތިސާސްގައި މަތިކޮމަންޑޫ ހިމަނައިފި

ށ. ކޮމަންޑޫ އަދި އެރަށާއި އިންވެގެންވާ މަތި ކޮމަންޑޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ކޮމަންޑޫގެ އިހްތިސާސްގެ ތެރޭގައި މަތިކޮމަންޑޫ އާއި އެކު ފަޅުރަށެއް ހިމަނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

އެކަން ހާމަކުރައްވައި ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނެފައިވަނީ އިދާރީ ދާއިރާތަކުގައި ހިމެނޭ ރަށު ކައުންސިލް ތަކާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމުގެ ވާޖިބު ރައީސްއާ މަތިކޮށްފައިވާ ހިނދު، ކޮމަންޑޫގެ އިދާރީ ދާއިރާގެ އިހްތިސާސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ދެ ފަޅުރަށް ކަމުގައިވާ މަތި ކޮމަންޑޫ އާއި ކުޑަފަރުފިނޮޅު ހިމަނަން ފެނިވަޑައިގަންނަވާތީ އެކަން އެގޮތަށް ކުރުމަށް ކަނޑައަޅައި ނިންމައިފާ ކަމުގައެވެ.

ސަރުކާރުގެ ފަރާތުން ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިެާގެ ބައި އިލެކްޝަން ދުވަސްވަރުގައެވެ. އޭރު ފެށި ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ މުހައްމަދު އަސްލަމެވެ. އަދި އެ ޕްރޮޖެކްޓްގެ މަސައްކަތް ސަރުކާރުން ހަވާލްކޮށްފައިވަނީ އެމްޓީސީސީ އާ އެވެ،

އެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫ އިން ހިއްކައި ކޮމަންޑޫގައި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުމާއި އެކު ޖުމްލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށިލުމާއި އެކު 112 މީޓަރުގެ ޖިއޯ ބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދެކޮމަންޑޫ ގުޅާލުަމަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: