ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓު ފަނޑިޔާރުންނަށް ފާރަލުމުގެ ތުހުމަތުގައި ކޯޓުގެ އެސްޖީ ސަސްޕެންޝަނަށް!

ސުޕްރީމް ކޯޓްގެ އެސްޖީ ޑރ. ހުސެއިން ފާއިޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންނަށް ފާރަލާ ކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ފާއިޒު މަގާމުން ސަސްޕެންޑް ކޮށްފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ބުނީ ހުސައިން ފާއިޒު، ސުޕްރީމް ކޯޓުގެ ސީސީޓީވީ ކެމެރާ ސިސްޓަމް ބޭނުންކޮށްގެން ފަނޑިޔާރުންނަށް ފާރަލުމުގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އޭނާ މިވަގުތު ހުންނެވީ މަގާމުން ސަސްޕެންޑް ކުރެވިފައި ކަމުގައެވެ.

މީގެ އިތުރުން ފާއިޒުގެ މައްޗަށް ކޯޓުގެ މައުލޫމާތުތައް ކޯޓުން ބޭރަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތު ކުރެވި އެމައުލޫމާތުވެސް ޑީޖޭއޭ އަށް ލިބިފައިވާ ކަމަށް އެއިދާރާއިން ހާމަކޮށްފައިވެއެވެ.

ފާއިޒްގެ މައްޗަށް މި ތުހުމަތުތައް ކުރެވުނީ ކޯޓުގެ ސެކިއުރިޓީ އޮޑިޓެއް ހެދުމަށް ފަހު އޭގެ ތެރެއިން ފާހަގަ ކުރެވުނު ކަންތަކުގެ ތެރެއިންނެވެ.

ސުޕްރީމް ކޯޓުގެ އެސްޖީއަކަށް ފާއިޒު އައްޔަނު ކުރީ 2019 ގަ އެވެ. މި މަގާމަށް ބޭފުޅަކު އައްޔަނު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

މީހުންނަށް ފާރަލައި އެ މީހެއް އުޅޭ ނޫޅޭގޮތް ބެލުމަކީ ގާނޫނުލް އުގޫބާތުގައި ބުނާ ގޮތުން ޖިނާއީ ކުށެކެވެ. މިއީ ފަނޑިޔާރުންނަށް ފާރަލައި ހިނގި ކަންތަކެއް ކަމުން ސުޕްރީމް ކޯޓުން މި މައްސަލަ ފުލުހަށް ހުށަހެޅިކަން އަދި ސާފެއް ނޫނެވެ.

ފާއިޒު މަގާމުން ސަސްޕެންޑް ކުރުމާއި ގުޅިގެން އެމަގާމު ވަގުތީ ގޮތުން ވަނީ އެކޯޓުގެ އެއިއސްޓެންޓް ރަޖިސްޓްރާ އާއި ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: