ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން އެމްޑީޕީގެ މެންބަރުން އުނިކޮށްފައި އެބަހުރި: ވައްޑޭ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީތަކުގެ ބެލެނިވެރި އިލެކްޝަން ކޮމިޝަނުން ވަނީ އެމްޑީޕީގެ ބައެއް މެންބަރުން ޔަގީން ކުރުމަކާއި ނުލައި ޕާޓީން އުނިކޮށްފައިކަމުގައި އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ތުހުމަތު ކުރައްވާފިއެވެ.

މެއި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ސަބަބުން ޕާޓީ ތެރެ ވަނީ މަސްލަހަތު ގެއްލި ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ވާދަ ވެރިކަން އިންތިހާއަށް އޮތް އިރު މި އިންތިހާބުގައި ވާދަކުރައްވާ ދެ ކެޑިޑޭޓުން ކަމުގައިވާ އިކޮނޮމިކް ފައްޔާޒް އިސްމާއީލް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެންދަވަނީ ތަފާތު ގިނަ ވައުދުތައް ޕާޓީ އިސްލާހުކޮށް ހިންގުމަށްޓަކައި ވަމުންނެވެ.

މިގޮތުން އިންތި ވަނީ އޭނާގެ މެނިފެސްޓޯ ހުވަދު އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ރަސްމީކޮށް އިއުލާން ކުރައްވާފައެވެ. އިންތިގެ މެނިފެސްޓޯގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ޕާޓީގެ ދަފްތަރު ސާފްކުރުމެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އެހެން ޕާޓީ ތަކުގައި އިސްކޮށް ހަރަކާތެރިވާ ބައެއް ފަރާތްތަކުންވެސް އެމްޑީޕީގެ އިންތިހާބުތަކުގައި ވޯޓު ދެއްވާކަމުގައެވެ. އަދި ވައްޑެ ފާހަގަ ކުރެއްވީ ރައިސް އަބްދުﷲ ޔާމީން އަބްދު ގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީގެ މެންބާޝިޕް ކުޑަ ކުރުމަށްޓަކައި އިލެކްޝަން ކޮމިޝަންގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން އިގިލީގެ ނިޝާން ނެތްކަމުގައި ބުނެވެސް ޕާޓީން އެތަށް މެންބަރުންނެއް އުނިކޮށްފައިވާކަމުގައި ވައްޑެ ވިޑާާޅުވިއެވެ.

އެމްޑީޕީގެ އޮފީހުގައި ޕާޓީގެ ވަކި ދަފްތަރެއް އޮންނަ ކަމުގައި ފާހަގަ ކުރައްވާ ވައްްޑެ ވިދާޅުވީ ވަކި ދެ ދަފްތަރެއް ދެ ތަނުގައި އޮންނާތީ ފުށޫ އަރާކަމަށެވެ.

ވައްޑެ ވިދާޅުވީ އިންތި ޗެއާޕާސަންކަމުގެ މަގާމަށް އިންތިހާބު ވެއްޖެނަމަ ޕާޓީގެ ދަފްތަރާއި އިލެކްޝަން ކޮމިޝަނުގެ ދަފްތަރު އެއްގޮތް ކުރައްވާނެ ކަމުގައެވެ. ސީދާ ކަނޑައެޅިގެން ޕާޓީގެ މެންބަރުންކަން އެގޭ ފަރާތްތައް އިލެކްޝަން ކޮމިޝަނުގެ ދަފްތަރު ކުރެވިފައި ނުވާނަމަ މިކަންތައް ބަލައި، އަލުން އެ މެންބަރުންގެ ފޯމް ފުރައި، ފިންގާ ޕްރިންޓް ޖަހައިގެން އިލެކްޝަން ކޮމިޝަނުގެ ދަފްތަރަށް އަރުވާނެކަމުގެ ޔަގީންކަން ވައްޑެ ދެއްވިއެވެ.

ހަމަ މިފަދައިން އިލެކްޝަން ކޮމިޝަނުގައި އެހެން ޕާޓީއެއްގެ މެންބަރަކު އެމްޑީޕީގެ ދަފްތަރުގައިވާނަމަ އެއީ ޕާޓީގެ މެންބަރެއްތޯ ނުވަތަ ނޫންތޯ ބަލައި ކަށަވަރު ކުރުމަށްފަހު، އެއީ އެހެން ޕާޓީއެއްގެ މެންބަރަކު ކަމުގައިވާނަމަ އެމްޑީޕީގެ ދަފްތަރުން އުނިކުރާނަން ކަމުގައި ވައްޑެ ވިދާޅުވިއެވެ.

އިމްތިޔާޒް ފަހުމީގެ ޗެއާޕާސަން ކަމެއްގައި ތަފާތު ދެ ދަފްތަރެއް ނުގެންގުޅުއްވާނަން ކަމުގައިވެސް ވައްޑެ ވިދާޅުވިއެވެ. އަދި މިއީ އިލެކްޝަން ކޮމިޝަނުގެ ނުވަތަ ޕާޓީގެ އޮފީހުގައިވާ ދަފްތަރު އަސްލުކަމުގައި ބަލާ ވާހަކަ ނޫންކަމުގައި ވައްޑެ ވިދާޅުވިއެވެ.

ތަކުރާރުކޮށް ވައްޑެ ވިދާޅުވަމުން ގެންދިޔައީ އިލްކެޝަން ކޮމިޝަނުން ކަނޑައެޅިގެން ޕާޓިގެ މެންބަރުން ވަކިކޮށްފައިވާކަމަށެވެ. ހެއްކެއްގެ ގޮތުގައި ވައްޑެ ދެއްކެވީ އޭނާގެ އައިލާގައި ހިމެނޭ އެމްޑިޕީގެ ބައެއް މީހުން އިލެކްޝަން ކޮމިޝަނުގެ އެމްޑީޕީގެ ދަފްތަރުގައި ނެތުމެވެ. އަދި މިކަމުގެ ސަބަބެއްގެ ގޮތުގައި ދެއްކެވީ ފިންގާ ޕްރިންޓު ނެތުންކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

އިތުރަށް އޭނާ ފާހަގަ ކުރެއްްވީ އެމްޑީޕީގެ އެކި އެކި އިންތިހާބުތަކަށް ނުފޫޒް ފޯރުވުމަށްޓަކައި އެހެން ޕާޓީތަކުގެ މެންބަރުންވެސް އެމްޑީޕީގައި ދަފްތަރުވެފައިވާކަމަށެވެ. އަދި މިއީ އެމްޑީޕީގެ އަސާސްތަކާއި ގަވާއިދުތަކަށް ނުބަލައި ބީރައްޓެހި ފަރާތަތަކެއްކަމުގައި އޭނާ ސިފަކުރެއްވިއެވެ. މިގޮތަށް ޕީޕީއެމްގެ ސްލޮޓްތަކުގައި އިންތިހާބު ކާމިޔާބުކޮށްގެން ތިބޭ ބައެއް ކައުންސިލް ބޭފުޅުންވެސް އެބަތިއްބެވި ކަމުގައި ވައްޑެ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ފާހަގަ ކުރެއްވީ މި މަސައްކަތް ކުރަނީ ޕާޓީގެ ދަފްތަރު މަދު ކުރަން ނޫންކަމުގައި އާއި ޕާޓީއަށް ވަދުމުގެ ފުރުސަތު ހަނި ކުރުމަށް ނޫންކަމުގައެވެ. އަދި އޭނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީގެ އަސާސްތަކާއި އުސޫލްތަކުގެ އިތުރުން އެމްޑީޕީއިން އަޑު އުފުލާ ވަކާލާތުކުރާ ސިޔާސަތުތަށް ގަބޫލުނުކުރާ މީހަކު ޕާޓީގެ ދަފްތަރުގައި ނުވާކަން ކަށަވަރުކުރާނެކަމުގައެވެ.

މީގެ އިތުރަށް އޭނާ ފާހަގަ ކުރެއްވީ މި އިންތިހާބުގައި ވޯޓު ލެވޭނެ ފަރާތްތަށް އިއުލާން ކުރެވިފައިވާ ކަމަށާއި މިކަން ހައްލު ކުރުމުގެ ފުރުސަތު އެބޭފުޅުންނަށް ލިބިގެންދާނީ މި އިންތިހާބަށް ފަހުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: