ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ބައިބައިވެގެން މިއަދު ލިބޭނެ ކުރިމަގެއް ނެތް: ޝަހީމް

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ބައިބައިވެގެން މިއަދު ލިބޭނެ ކުރިމަގެއް ނެތް ކަމުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އެމްޑީޕީ ބައިބައިވެގެން މިއަދު ލިބޭނެ ކުރިމަގެއް ނެތް ކަމުގައެވެ.

ޝަހީމް ވިދާޅުވީ ހަގީގަތުގައި އެބޭފުޅުންނާއި އެކީ ނުކުންނެވީ ކެނެރީގެ ނަޝީދު ނޫން ކަމަށާއި އެބޭފުޅާއަކީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައެވެ.

ވުމާއެކު ރައީސްގެ ފޮޓޯ އާއި ވީޑިއޯ ހުންނާނެ ކަމަށާއި އެއީ ހައިސިއްޔަތެއްކަމުގައި ރައީސް ނަޝީދު ވާތީކަމުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މެމްބަރުން ތިއްބެވީ ސަރުކާރާއި އެކުގައިތޯ ޔަގީންކުރަން ރައްޔިތުންބޭނުންވާ ކަމަށެވެ. ވުމާއެކު ޕާޓީ ޓިކެޓްގައި އިންތިހާބުތަކުގައި ވާދަކުރާއިރު ޕާޓީގެ އިސްފަރާތްތަކާއި އެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެކަމަކީ ވަކި މީހެއްގެ ފޮޓޯ ދައްކައިގެން އައުން ނޫން ކަމުގައިވެސް ޝަހީމް ވިދާޅުވިއެވެ.

ހަގީގަތަކީ އެމްޑީޕީގެ ކޮންމެ ޕްލެޓްފޯމަކަށްވެސް އާދެވޭނީ އާންމު މެމްބަރުންގެ ހިތްވަރާއި މަސައްކަތުން ކަމުގައި ޝަހީމް ވިދާޅުވިއެވެ. ވުމާއެކު ޕާޓީގެ ރައީސްގެ މަގާމަށް ރައީސް ނަޝީދަށް އާދެވިފައިހުރީ އެންމެންގެ މަސައްކަތުން ކަމުގައި ޝަހީމް ވިދާޅުވިއެވެ. އަދި އެއީ ހަމައެކަނި ރައީސް ނަޝީދުގެ އެކަނި މަސައްކަތް ނޫން ކަމުގައި ޝަހީމް ވިދާޅުވިއެވެ.

އެހަގީގަތަކީ އެމްޑީޕީގެ މެމްބަރުންނާއި ރާއްޖޭގެ އެންމެން ގަބޫލުކުރާ ހަގީގަތެއްކަމުގައި ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވެރިކަމެއް އުފެދެނީ އާންމު މެމްބަރުން ނާއި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިތިބި މެމްބަރުންގެ ބުރަ މަސައްކަތުން ކަމުގައި ވިދާޅުވިއެވެ. އެހެން ކަމުން ވަކި ބަޔަކާއި ދިމާލަށް އިނގިލި ދިއްކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ މިއަދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ފަހަތަށް އަރައި ހުންނެވީ ޕާޓީ ހިންގާލަން މަސައްކަތް ކުރާ ކަމަށެވެ.

މިދިޔަ ދުވަސްތަކުގައި ޕާޓީ ނުހިނގާކަން އެނގޭ ކަމަށާއި އެކަމަކީ އެންމެ މީހަކަށް އިނގިލި ދިއްކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމުގައި އެތައްބައެއްގެ އިހުމާލު ހިމެނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ނަމަވެސް އެކަމުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ޕާޓީ ހިންގަން އޭރު ތިބި ބޭފުޅުންނަށް ނުހިންގުނު ކަމުގައި ޝަހީމް ވިދާޅުވިއެވެ.

މިއަދު އެމްޑީޕީ ހިންގާލަން އެކީ އެއް ރޫހެއްގައި ނުކުމެ ތިބީ ރާއްޖޭގައި އެމްޑީޕީ އެކީ އެކަތި ގަނޑެއްގައި އޮވެއްޖެކަމަށްވާނަމަ ބާރަކަށް ވެގެންދާނެތީ ކަމުގައި ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތައް ނުހިނގާ ނަމަ އޭގެ ގެއްލުން މުޅި ރާއްޖެއަށް ފޯރާ ކަމުގައެވެ. އެގޮތުން މުޅި ރާއްޖެ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީގެ ގޮތުގައި ހިންގާލުން ކަމުގައެވެ.

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ފައްޔާޒުގެ ފަހަތަށް ޝަހީމް އެރީ ދެން ނިކުމެތިބި ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންގެ ފަހަތުގައި ތިބި ބޭފުޅުންނަށް ބަލާއިރު މިވަގުތު ތިބި ކެންޑިޑޭޓުންގެ ތެރެއިން ޕާޓީ ސާބިތުކަމާއެކުގައި ނިކުމެ ޕާޓީ ހިންގާލެވޭނީ  ފައްޔާޒް އަށް ކަން ޔަގީންވާތީ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ފައްޔާޒްގެ ފަހަތުގައި ހުންނަވަނީ ވަކި ކަމެއް ބޭނުންވެގެން ނުވަތަ ފައިސާ ތަކެއް ބޭނުން ވެގެން ނޫން ކަމަށާއި ނަމަވެސް ބައެއް ބޭފުޅުން އެކަމަށް ތުހުމަތު ކުރަމުންގެންދާ ކަމުގައެވެ. ޝަހީމް ވިދާޅުވީ އޭނާ ގެ އެއްވެސް ކޮރަޕްޝަންގެ އަމަލެއް މިހާ ހިސާބަށް އައި އިރު ނުދެއްކޭނެ ކަމުގައި އެފަދަ އެއްވެސް އަމަލެއް ހިންގިތަން ނުދެއްކޭނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ އޭނާ ކުރާ މަސައްކަތަކީ އެމްޑީޕީ އަށް އިހުލާސްތެރި މެމްބަރެއްގެ ހައިސިއްޔަތުން މާދަމާ އަށް ޓަކައި ކުރާ މަސައްކަތް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީ އެންމެ ބަލިކަށިވި ދުވަހު ޕާޓީ ނަގައި ކޮޅަށްޖެހުމަށް މޭނަގާފައި ނުކުތީ އެބޭފުޅުން ކަމަށާޢީ އެކަން މީޑިއާތަކަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމުގައެވެ. ސަބަބަކީ އެމްޑީޕީ އަކީ ރާއްޖޭގެ މުސްތަގުބަލުކަމަށް ވާތީ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: