ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ހަތް މަޝްރޫއުއަކަށް އިންޑިއާގެ އެހީ

ރައީސް ޞާލިހު އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގާ އިތުރު ހަތް މަޝްރޫއަކަށް އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ގެ ގްރާންޓް އެސިސްޓަންޓް ސްކީމްގެ ދަށުން ފަންޑުކުރަން ނިންމައިފިއެވެ.

މި ހަތް މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހަތް އަތޮޅަކަށް ބަހައިލައިގެންނެވެ. ޖުމްލަ 132 މިލިއަން އިންޑިއަން ރުފީސް ހަރަދުވާ މި މަޝްރޫއުތަށް އިއުލާން ކުރެވިގެން ދިޔައީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ދާދި ފަހުން ކުރެއްވެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމިގައި ފާހަގަކޮށްލެވެއެވެ.

ހދ އަތޮޅާއި، ނ އަތޮޅާއި، ކ އަތޮޅާއި، އދ އަތޮޅާއި، ތ އަތޮޅު އަދި ގއ އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުތަށް ހާއްސަ ކުރެވިފައިވަނީ ސިއްހީ ދާއިރާއާއި ޒުވާނުން ކުރިއެރުވުމާއި ތަރިކަ ދިރުވައި އާލާކުރުމަށް ކަމަށް އިންޑިއާ ހައިކޮޝަނުން ވަނީ ބުނެފައެވެ.

އިންޑިއާއިން ފަންޑުކުރުމަށް ހަމަޖެހިފައިވާ ފައިސާ ހަރަދު ކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމު ކުރުމަށާއި ނ. ލަންދޫ މާބުދުގެ މަަސައްކަތުގެ އިތުރުން ތ. ދިޔަމިގިލި ގަނޑުވަރުގައި ސައިޓް މިއުޒިއަމް ތަރައްގީ ކުރުމަށްޓަކައިކަމުގައި މައުލޫމާތު ލިބެއެވެ. އަދި މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރުމުގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯރތޮޓިކްސް ފެސިލިޓީ ތަރައްގީ ކުރެވިގެންދާނީވެސް މި ފައިސާއިން ކަމުގައި ވަނީ ހާމަ ކޮށްފައެވެ.

އދ. ދިގުރަށާއި ގއ. ގެމަނަފުށީގެ ޒުވާނުންގެ މަރުކަޒު ހެދުމުގެ އިތުރުން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތް ޔުނިޓްގެ މަސައްކަތަށްވެސް ކުރެވިގެންދާނީ މި ފައިސާއިންކަމުގައި ވަނީ ހާމަކޮށްފައެވެ.

މި ހަތް މަޝްރޫއާއިއެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިން ރާއްޖެގައި ހިންގާ މަޝްރޫއުތަކުގެ އަދަދު 25 މައްޗަށް އަރާނެއެވެ.

މީގެ އިތުރުން އިންޑިއާއިން ފޯރުކޮށްދޭ 106 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ދަށުން އިތުރު 18 މަޝްރޫއުއެއްވަނީ ރާއްޖޭގައި ހިންގުމަށް ކަނޑައަޅާފައެވެ. މީގެ ތެރެއިން 15 މަޝްރޫއު އެއްވަނީ މިހާރު ނިންމާ އިފްތިތާހު ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: