ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމަދޫ އެއާޕޯޓުގެ މަޝްރޫއު ތަރައްގީ ކުރުމުގެ ރަސްމިއްޔާތުގައި، ޖައިޝަންކަރު ބައިވެރިވާނެ!

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު/ ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ބާއްވާ ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ބައިވެރިވާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖައިޝަންކަރާއި އެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިއީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަޝްރޫއު ޖޭއެމްސީ ޕްރޮޖެކްޓްސް އާއި ހަވާލުކޮށްފައި ވަނީ 136.6 މިލިއަން ޑޮލަރަށެވެ. މިއީ ދިވެހި ފައިސާއިން ބަލާއިރު 2.1 ބިލިއަން ރުފިޔާ އެވެ.

މަސައްކަތް ހަވާލުކޮށްފައި ވަނީ، ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިމޭ ގޮތަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރެވުމުން، ތަނުން އަހަރެއްގެ މައްޗަށް 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

އެއާޕޯޓު ތަރައްގީ ކުރަނީ، އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭ ގޮތަށެވެ.

މި ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުގެ އެހީގައި ށ.ފޯކައިދޫގައި ޤާއިމް ކުރެވިފައިވާ ށ.ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ އިފްތިތާޙް ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ހއ. އުތީމަށް ވަޑައިގަންނަވައި، އުތީމު ގަނޑުވަރަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: