ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަށް ކުޑައިމީސްކޮށް މުހާތަބުކުރި މައްސަލަގައި ފިޔަވަޅު އަޅަން ފަަހެއް ނުޖެހޭނެ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް މުހާތަބުކުރި މީހުންނާއިމެދު ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބައެއް މެމްބަރުން ސޯޝަލްމީޑިއާގައި އިންޑިއާ އަދި މޯދީއަށް ކުޑައިމީސްކޮށް ކުރި ޕޯސްޓުތަކަކާއި ގުޅުވައި އުފެދިފައިވާ މައްސަލައަށް އަލިއަޅުވާ ސަރުކާރުންވަނީ ބަޔާނެއް ނެރި، ފެންމަތިވެފައިވާ މައްސަލައިގައި ސަރުކާރު ޝާމިލުނުވާކަން ހިއްސާކޮށްފައެވެ.

ބަޔާނުގައިވާގޮތުން، ބޭރު ގައުމުތަކުގެ ލީޑަރުންނަށް އަމާޒުކޮށާއި އިއްޒަތްތެރިންނާއި ގުޅޭގޮތުން ދެކެވިފައިވާ ވާހަކަތައް އެނގޭކަމަށެވެ. އަދި އެއީ ޕާސަނަލް ނުވަތަ އެ ބައެއްގެ އަމިއްލަ ވިސްނުންކަމަށާއި، އެއީ ސަރުކާރު ވިސްނުން ނޫންކަމަށްވެސް ފާހަގަކުރިއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން ހިޔާލު ފާޅުކުރެވެންވާނީ ޑިމޮކްރެސީގެ އަސާސްތަކާއި އެއްގޮތްވާގޮތުގެ މަތިން ޒިންމާދާރު ގޮތަކަށް ކަމަށް ސަރުކާރުން ގަބޫލުކުރާކަމަށެވެ. އަދި އެ ހައްގުގެ ބޭނުންކުރެވެންވާނީ ރުޅިވެރިކަން އުފެދި ގުޅުންތައް ހީނަރުނުވާގޮތަކަށް ކަމަށްވެސް ބުނެފައިވެއެވެ. މިނިސްޓްރީއިން ބުނެފައިވާގޮތުން މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން ފަސްނުޖެހޭނެކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގައުމު ތަކުގެ ވެރިންނަށް ބަދުބަސް ބުނެވިގެށް ނުވާނެ… ނުކިޔަވާމީހުންނަށް މަތީ މަގާމް ތައް ބަހާލީމަ ވާނެ ހައެތި ތިވަނީ…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: