ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދަށް އެޑްރެސްކުރައްވައި އިންޑިއާއިން ފޮނުވިކަމަށް ބުނާ ސިޓީއަކީ ފޭކެއް: ފޮރިން މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެޑްރެސްކުރައްވައި އިންޑިއާއިން ފޮނުވި ކަމަށް ބުނެ މިއަދު ލީކް ކޮށްލި ސީޓީއަކީ ސައްހަ ސިޓީއެއް ނޫންކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

މި ސިޓީއާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ބުނީ އެ ސިޓީއަކީ ފޭކް ލިޔުމެއް ކަމަށެވެ. އަދި އޭގައި ހުރި މައުލޫމާތުތަކަކީ ދޮގު ކަމަށް ބުނެފައިވެއެވެ. އެ ފޭކް ސިޓީ ދައުރުކުރި ބަޔަކު ކުށްވެރި ކުރާ ކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެއެވެ. އިންޑިއާ ހައިކޮމިޝަނުން ވެސް ވަނީ އެ ސިޓީއަކީ ސައްހަ އެއްޗެއް ނޫން ކަމަށް ބުނެ އެ އަމަލު ހިންގި ފަރާތްތަށް ކުށްވެރިކޮށްފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ސުބްރަމަނިޔަން ޖައިޝަންކަރު، ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދަށް ފޮނުވި ކަމަށް ބުނެ އާންމުވެފައިވާ އެ ސިޓީގައި ވަނީ އުތުރު ތިލަފަޅުގެ އެއްބަސްވުން 99 އަހަރަށް ބަދަލުކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެެވެ. އަދި އެ މަޝްރޫއު ކުރިއަށްދާ ގޮތް ބެލުމަށް އެކަލަވާފައިވާ ޖޮއިންޓް މޮނީޓަރިން ކޮމިޓީއަށް އިތުރު ބައެއް ބަދަލުތައްވެސް ގެނެސްފައިވާކަން ސިޓީއިން ހަމާވެފައިވެއެވެ.

އަދި އެ ސިޓީގައި ރާއްޖެއަށް އެއް އަންމޭންޑް އެއިރިއަލް ވެހިކަލް ނުވަތަ ޑްރޯނެއް ދިނުމަށް ދެ ގައުމުގެ މެދުގައި އެއްބަސްވެފައިވާ ކަން ހާމަވެފައިވެއެވެ. މި ޑްރޯނުގެ އިތުރަށް އިތުރު 11 ޑްރޯނެއް ދިވެހި ސަރުކާރަށް ދިނުމުގެ ގޮތުން 550،000،000 އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިވެހި ސަރުކާރަށް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމުގައި ސިޓީގައި ވެއެވެ.

އެ ސިޓީގައި ވަނީ ރާއްޖެ ދިފާއީ ވުޒާރާއަށް ތަމްރީނާއި ކުރިއެރުމާއި އެހީތެރިކަން ފޯރުކޮށްދީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއަށް ހދ. ހަނިމާދޫއާއި އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން މަދުވެގެން 15 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށެވެ. އެ ބިން އިންޑިއާއަށް ދޫކުރަންޖެހެނީ 99 އަހަރަށް ކަމަށް ވެސް ސިޓީގައިވެއެވެ.

29.9 ބިލިއަން ދިވެހި ރުފިޔާގެ ކްރެޑިޓް ލައިންގެ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޕޭމަންޓެއް ހެދުމުން، އެ ބިންތައް ފުރަތަމަ ދޭ 99 އަހަރު ހަމަވަމުން އިތުރު މުއްދަތަށްވެސް އެ ބިންތައް އިންޑިއާއަށް ލިބޭނެ ކަމަށް ސިޓީގައި ވެއެވެ. ކްރެޑިޓް ލައިނު އެއްބަސްވުމުގެ ދަށުން ރާއްޖެއިން އިންޑިއާއިން ނަގާފައިވާ ލޯނުތައް މި އެއްބަސްވުމުގެ ދަށުން މާފްވެގެންދާނެ ކަމަށް ވެސް ސިޓީގައިވެއެވެ.

ސިޓީ އަކީ ފޭކެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އޮތް އިންޑިއާގެ ނުފޫޒު ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: