ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ސަރުކާރުން އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތަކަށް އަރައިގަތުން ކުށްވެރިކޮށްފި

ރަަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަދުި އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ހަނގުރާމައިގެ ކުށްތަކަށް އަރައިގަންނަމުންދާކަމަށާއި އެ ގައުމުގެ އަމަލުތައް ކުށްވެރިކުރާކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.\

ފޮރިން މިނިސްޓްރީއިން އާންމުކޮށްފައިވާ ބަޔާނެއްގައި އެ މިނިސްޓްރީއިންވަނީ ފަލަސްތީނުގައި އިސްރާއީލުން ލާއިންސާނީ އަމަލުތައް ހިންގަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިރުމަތީ ޣައްޒާގައި ތިބި 1.2 މިލިއަން ރައްޔިތުންނަށް ހަމަލާ ދިނުމާއި އެ ސަރަހައްދު ދޫކޮށް ދިއުމަށް މަޖުބޫރުކޮށް އެންގުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ބުނެފައިވެއެވެ. އަދި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމެއް ނެތި ހިޖުރަކުރުމަށް މަޖުބޫރުކުރުވުމަކީ ހަނގުރާމައިގެ ޖަރީމައެއް ކަަމަށާއި އެ އަމުރު ބަދަލުކުރަންޖެހޭކަމަށްވެސް ބުނެފައިވެއެވެ.

މިނިސްޓްރީއިންވަނީ އަންހެނުންނާއި ކުޑަކުދިން މަރުވެ އެތައް ބަޔަކަށް އަނިޔާތައް ލިބިފައިވުމުގެ އިތުރުން ސުކޫލާއި ހަސްފަތާލު ފަދަ އިމާރާްތަށް އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ފާހަގަކުރައްވާފައެވެ.

އެހެންކަމުން އިސްރާއީލުން ހިންގަމުންދާ އަމަލުތައް ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފުވާކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާތަކަށް އަރައިގަތުންކަމަށް ދެކޭކަމަށް ބުނެފައިވެއެވެ. އެހެންކަމުން ހާލުގައި ޖެހިފައިތިބި ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުވުމުގެ ގޮތުން އިންސާނީ ކޮރިޑޯރއެއް ހުޅުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ “ޖާއިޒު” މަސައްކަތްތަކުގައި އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ހާޒިރުވާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފަލަސްތީނުގެ ހަމަނުޖެހުން ނިމުމަކަށް އަންނާނީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކަށް ރިއާޔަތްކޮށް އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރެވިގެންކަމަށް ދެކޭކަމަށް ވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: