ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެދަލޭންޑްސްގައި ގުރުއާން ވީދި މައްސަލަ ރާއްޖޭން ކުށްވެރިކޮށްފި

ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނެދަލޭންޑްސްގައި ގުރުއާން ވީދި މައްސަލަ ރާއްޖޭން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ  23 ސެޕްޓެމްބަރ 2023، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ގިނަ އެމްބަސީތަކެއް ކުރިމަތީގައި ކީރިތި ޤުރުއާނުގެ ކޮޕީތައް ފަޅާލާ ވީދި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެގޮތުން ކީރިތި ޤުރްއާނަށް ފުރައްސާރަކޮށް ތަކުރާރުކޮށް އަދި ޢާންމުކޮށް ކުރާ ކަންކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ޞައްޙަ ޢަމަލެއް ނޫން ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އަދި ތަފާތު ކުރުން ނުވަތަ ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ފަދަ ދީނީ ނަފްރަތު އުފެދޭ ފަދަ އަމަލުތަކަށް އެޑްރެސްކޮށް، ހުއްޓުވައި، ދައުވާކޮށް، އެކަމަށް ވަކާލާތު ކުރާ ގައުމީ ގާނޫނުތަކާއި ސިޔާސަތުތަކާއި ގާނޫނު ތަންފީޒު ކުރާ އޮނިގަނޑުތައް ދައުލަތްތަކުން ގެންގުޅެން ޖެހޭ ކަމަށެވެ.

ދީނީ ގޮތުން ނުތަނަވަސްކަމާއި، ނެގެޓިވް ސްޓީރިއޯޓައިޕިންއާއި، ނަފްރަތާއި، މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާއިރު، މިއީ ވަރަށް ބޮޑު ނުތަނަވަސްކަމެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: