ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އާއި ސައޮ ޓޮމޭ އެންޑް ޕްރިންސިޕޭ ދެމެދު ވިސާ ނުޖައްސައި ދަތުރުކުރެވޭނެ ގޮތަށް އެއްބަސްވެއްޖެ!

ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އަދި ސައޮ ޓޮމޭ އެންޑް ޕްރިންސިޕޭގެ ރައްޔިތުންނަށް ވިސާ ނުޖައްސައި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި އެ މުއައްސަސާއިންވަނީ ދިވެހިރާއްޖެ އަދި އެފްރީކާ ބައްރުގެ ގައުމެއްކަމަށްވާ ސައޮ ޓޮމޭ އެންޑް ޕްރިންސިޕޭ ދެމެދު ވިސާ ޖެއްސުމަކާއި ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަން ހާމަކޮށްފައެވެ. އެ މިނިސްޓްރީއިން ބުނެފައިވާގޮތުން އަލަށް ގާއިމުކުރެވިފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ބާވަތެއްގެ ޕާސްޕޯޓުތަކުގައިވެސް ސައޮ ޓޯމޭ އެންޑް ޕްރިންސިޕޭއަށް ދަތުރުކުރެވޭނެއެވެ. އަދި ވިސާ ޖެއްސުމަކާއި ނުލައި 90 ދުވަހު ހުރެވޭނެކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު އައިޝަތު އަޒީމާކަމަށްވާއިރު، ސައޮ ޓޮމޭ އެންޑް ޕްރިންސިޕޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު އިސަބެލް މޭސާ ޖީސަސް ޑަ ގްރާސާ ޑޮމިންގޮސްއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ޗައިނާގެ ވެރިރަށުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާގޮތުން، އައިޝަތު އަޒީމާ ވަނީ ސައޮ ޓޯމޭ އެންޑް ޕްރިންސިޕޭއިން ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ ތެރޭގައިވެސް ގުޅުން ބަދަހިވެގެންދާނެކަމަށާއި ރާއްޖެއިންވެސް ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އަހައްމިއްޔަތު ދީގެން މަސައްކަތްތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވިކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: