ރަޝިޔާއިން ޔުކްރެއިނާއި ދެކޮޅަށް ބުނަމުން ދާ ބަސްތަކާއި އަދި ދެމުން ގެންދާ ހަމަލާތަކުގެ މައްސަލައިގައި އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ސަސްޕެންޑްކުރަން ނެގި ވޯޓުގައި ރާއްޖޭން ވަކިކޮޅަކަށަށް ބުރަ ނުވާކަމަށް ވޯޓު ދީފި އެވެ.
އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ތެރެއިން ރަޝިއާ ސަސްޕެންޑް ކުރަން އާއްމު މަޖިލީހުން ވަނީ ވޯޓު ދީފަ އެވެ. ޔޫކްރެއިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާއި އިންސާނީ ކާރިސާއާ މެދު އެމެރިކާއިން ކަންބޮޑުވާކަން ހާމަކޮށް ބުރާސްފަތި ދުވަހު ފާސްކުރި ގަރާރަށް 93 ވޯޓު، އެކަމާ ދެކޮޅަށް 24 ވޯޓު ލިބިފައިވާއިރު، 58 މެމްބަރު ގައުމަކުން ވަކިކޮޅަކަށް ނުޖެހުނެވެ.
ހުށަހަޅުމާއި ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ރަޝިޔާ، ޗައިނާ، ކިއުބާ، އުތުރު ކޮރެއާ، އީރާން، ސީރިއާ، ވިއެޓްނާމް ފަދަ ގައުމުތައް ހިމެނެ އެވެ.
އަދި ވަކިކޮޅަކަށް ނުޖެހޭކަމަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ، އިންޑިއާ، ބްރެޒިލް، ސައުތު އެފްރިކާ، މެކްސިކޯ، މިސްރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޖޯޑަން، ގަތަރު، ކުވައިތު، އިރާގް، ޕާކިސްތާން، ސިންގަޕޫރު، ތައިލެންޑް، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ކެމްބޯޑިއާ ހިމެނެ އެވެ.
ވޯޓުގެ ކުރިން ދެއްވި ތަގުރީރެއްގައި ޔޫކްރެއިންގެ މަންދޫބު ވަނީ ރަޝިއާ ކައުންސިލުން ވަކިކުރުމަށް އެސެމްބްލީގައި އެދިވަޑައިގެންފަ އެވެ.
URGENT????
The UN General Assembly votes to suspend Russia's membership in the UN Human Rights Council @UN_HRC
In favor: 93
Abstained: 58
Against: 24 pic.twitter.com/6EavdZJspc
— UN News (@UN_News_Centre) April 7, 2022
ވޯޓަށް ފަހު ރަޝިއާއިން ވަނީ އެ ކައުންސިލުން ވަކިވާން އުޅޭކަން އިއުލާނުކޮށްފަ އެވެ. ގަރާރު ފާސް ކުރުމާއި އެކު އެ ގައުމުގެ ދާއިމީ މަންދޫބުގެ ނައިބު ކުޒްމިން ކުއްލި ގޮތަކަށް ތެދުވެ ވިދާޅުވީ، ދައުރު ނިމުމުގެ ކުރިން ރަޝިޔާއިން ކައުންސިލުން ވަކިވުމަށް މީގެ ކުރިން ވެސް ނިންމާފައިވާނެކަމަށާއި، އެ ނިންމުމާއި އެގޮތަށް ކައުންސިލުން ވަކިވާ ކަމަށެވެ. އޭނާ ކައުންސިލް ސިފަ ކުރީ ގައުމުތަކުން ބޭނުންވާ ކަންކަން ހާސިލު ކުރުމަށް މޮނޮޕޮލައިޒްކޮށްފައިވާ ކައުންސިލެއްގެ ގޮތުގައި އެވެ.
47 މެމްބަރުންގެ މައްޗަށް އެކުލެވޭ ހިއުމަން ރައިޓް ކައުންސިލަކީ 2006 ވަނަ އަހަރު އުފެއްދި ކައުންސިލެކެވެ. މިއީ ސިޔާސީ ގޮތުން ދުނިޔޭގެ އެތައް ގައުމަތަކާއި ގުޅުން ހުރި ބޮޑެތި ނިންމުންތައް ނިންމާ ކައުންސިލެކެވެ.

