ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށް ގިރާތީ ހޯރަފުއްޓާއި އެއަޕޯޓް ވަކި ކުރަނީ!

ހޯރަފުށި އެއަރޕޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެ އެކަން ހައްލު ނުކުރެވުމުގެ ސަބަބުން ހޯރަފުށި ފަޅު ހިއްކައިގެން ތަރައްގީ ކުރި ހޯރަފުށީ އެއަރޕޯޓް އެރަށާއި ވަކި ކުރުމަށް ނިންމައިފިއެވެ.

ހޯރަފުށި އެއަރޕޯޓް ސަރަހައްދު ގިރައި، ރަންވޭ މައްޗަށް ލޮނާއި ވެލި އެޅުމަކީ ދޭތެރެ ދޭތެރެއިން ދިމާވާ މައްސަލައެކެވެ. އެކަމުގެ ސަބަބުން އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫއަރައެވެ.

އެއަރޕޯޓް ހިމެނޭ މަގުގައި ހަދާފައިވާ ތާރު މަގު ނެގުމަށްފަހު އެއަރޕޯޓާއި ހޯރަފުށި ގުޅާލުމަށް ހަމަޖެހިފައިވަނީ ފެން ދައުރުވާ ގޮތަށް ހެދޭ ކޯޒްވޭއެއް މެދުވެރިކޮށެވެ.

އެމަސައްކަތް ކުރުމަށް ހައުސިންގ މިނިސްޓްރީގެ ފަރާތުން ހަވާލުކުރެވިފައިވަނީ އެމްޓީސީސީ އާއެެވެ.

ހޯރަފުށި އެއަރޕޯޓް ހިންގަމުން އަންނަނީ އަމިއްލަ ކުންފުންޏަކުން ކަމުގައި ވާތީ އެއަރޕޯޓް ރަށާއި ވަކި ކުރުމާއި ގުޅޭ މާބޮޑު ތަފްސީލީ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމުގައި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަންގު ޓީވީ އަށް މައުލޫމާތު ދެއްވިއެވެ.

އެކުންފުނިން މައުލޫމާތު ދެއްވާ ގޮތުގައި ހޯރަފުއްޓާއި އެއަރޕޯޓް ވަކިކޮށް ކޯޒްވޭ އަކުން ދެރަށް ގުޅާލުމުގެ މަސައްކަތް ކުރުމަށް ހަަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިވަގުތު ކުރިއަށް ދަނީ ޑިޒައިން ކުރުމުގެ މަސައްކަތްކަމުގައި އެމްޓީސީސީން މައުލޫމާތު ދީފައިވެއެވެ. އެއަށްފަހު ދެން ކުރިއަށްދާނީ ކޯޒްވޭ އަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ކަމަށާއި އެމަސައްކަތް މިއަހަރު ތެރޭގައި ކޮށް ނިންމާލެވޭނެ ކަމުގައި އެމްޓީސީސީން ވަނީ ހާމަކުރައްވާފައެވެ.

ހޯރަފުށީ އެއާޕޯޓު ރަށާއި ވަކި ކުރާ ވާހަކަ ދައްކާއިރު، ދާދިފަހުން އުތުރަށް ކުރި ވިއްސާރައިގައި އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ވިއްސާރައިގައި ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލިއަރައި ފްލައިޓްތައް  ވެސް ކެންސަލް ކުރަން ޖެހުނެވެ. އެ މައްސަލައިގައި އެއާޕޯޓު އަޅާފައިވަނީ އީއައިއޭގައި ހިމަނާފައި ވާ ކަންތަކަށް ރިއާޔަތްކޮށްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަމަށް އީޕީއޭއިން ހާމަކޮށްފައި ވެއެވެ.

އެމްޓީސީސީގެ ފަރާތުން އެއަރޕޯޓް ހިމެނޭ ރަށް ހިމާޔަތްކުރުމުގެ މަސައްކަތް މިވަގުތު ކުރަމުން އަންނައިރު، މި މަޝްރޫއުގެ ދަށުން 1160 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ހޯރަފުށި އެއަރޕޯޓަކީ ޖަޒީރާވަންތަކަން ދައްކުވައިދޭ ފަދަ މޮޑެލް އަކަށް ތަރައްގީ ކުރެވުނު ފުރަތަަމަ އެއަރޕޯޓެވެ. އެ އެއަރޕޯޓް ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: