ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު މިދެކޭ ބަދަލުގެ އަސްލަކީ ރަންރީންދޫ ފަތިހެއްގެ ފޮނި މީރުކަން: ރިޒްވީ

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ގެ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ރިޒްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ މިއަދު މިދެކޭ ބަދަލުގެ އަސްލަކީ ޖަޒީރާ ދިވެހި ރާއްޖެއަކުން ވަށާޖެހުނު ނޫ އިގްތިސާދަކުން އަލިވިލުން މުޅިން އާ ރަންރީންދޫ ފަތިހެއްގެ ފޮނި މީރުކަން ކަމުގައި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ގެ މެނޭޖިން ޑައިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓަށް އެއްއަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ގެ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާލުވީ މިއަދު މިފެންނަނީ ސަރުކާރުގެ ވައުދުތައް ރަނުންރަނަށް ފުއްދަމުންދާ މަންޒަރުކަމާއި، ރާއްޖެ މިއަދު މިދެކޭ ތަރައްޤީގެ އަސްލަކީ ރައީސުލް ޖުމްހޫރިއްޔާގެ ބުރަ މަސައްކަތް ކަމަށް.

ސަރުކާރުގެ މިނިމަމްވޭ ސިޔާސަތައް އަލިއަޅުވާލައި ރިޒްވީ ވިދާޅުވީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އަކީ މިހާރު އިއުލާންކޮށްފައިވާ މިނިމަންވޭޖާ އެއްގޮތަށް މުސާރަލިބޭފުރުތަމަ ކުންފުނިކަމަށެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މައްސައްކަތްތަކަށް އަލިއަޅުވާލައި ރިޒްވީ ވިދާޅުވީ ކުންފުނިން މިހާތަނަށް ކުރި އެންމެފަހުރުވެރި މަސައްކަތްކީ ހޯރަފުށި އެއަރޕޯޓަކީ ފުލީ ސެޓިފައިޑް އެއަރޕޯޓަކަށް ހެދުމުގެ މަސައްކަތްކަމަށް. އަދި ކުރިޔަށް އޮތް ދުވަސްތަކު އެކުންފުނިން ހިންގާ ހުރިހާ އެއަރޕޯޓްތައްވެސް ސެޓިފައިޑް ކުރާނެކަމަށް އެމްޑީ ރިޒްވީ ވިދާޅުވިއެވެ.

ހޯރަފުށީ އެއަރޕޯޓާއެކު އެރަށުގެ އާމްދަނީއަށް މަހަކު ބައިމިލިއަންރުފިޔާ އިރުތުކުރެވި އެތައްވަޒީފާތަކެއް އެފެދިފައިވާއިރު މާލޭގެ ހަލަބޮލިކަމުން ހޯރަފުއްޓަށް މީހުން ހިޖުރަކުރާމަންޒަރުން ސަރުކާރުގެ ޖަޒީރާ ތަރައްގީ ސަފުވާކަމަށް ރިޒްވީ ވިދާޅުވިއެވެ.

އެމް.ޑީ.ޕީ ގައުމީ މަޖިލީހުގައި ބިލެއްދޫ ދާއިރާވެސް ތަމްސީލު ކުރައްވާ ރިޒްވީ ވިދާޅުވީ ދިވެހިރާއްޖެ މިއަދު މިދެކޭ ބަދަލުގެ އަސްލަކީ ޖަޒީރާ ދިވެހި ރާއްޖެއަކުން ވަށާޖެހުނު ނޫ އިގްތިޞާދަކުން އަލިވިލުން މުޅިން އާ ރަންރީންދޫ ފަތިސްކަމުގައެވެ.

ހޯރަފުށީ އެއަރޕޯތަށް އެއްއަހަރު ފުރުމުގެ މުނާސަބަތުގައި އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ރިޒްވީ ޝުކުރުދެންނެވި އިރު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގެންނެވީތީ އެކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ގެ މެނޭޖިން ޑައިރެކްޓަރ މުޙައްމަދު ރިޒްވީ ވަނީ ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ހޯރަފުށީ އެއަރޕޯޓް ހުޅުވީ 19 ނޮވެންބަރު 2020 ގައެވެ. އެ އެއަރޕޯޓަކީ ފެނަކަ ކޯޕަރޭޝަނާއި އެމް.ޓީ.ސީ.ސީ އިން ފުރަބަންދުގެ ދުވަސްވަރު ބިނާކޮށް ނިންމާފައިވާ އެއަރޕޯޓެކެވެ. ގިނަ އެއަރޕޯޓް ތަކެއްގެ މަސައްކަތް ކުރިޔަށްދާއިރު ހޯރަފުށީ އެއަރޕޯޓަކީ މިސަރުކާރުން މަސައްކަތްކޮށް ހުޅުވައި ހިންގަމުންއަންނަ ފުރަތަމަ އެއަރޕޯޓެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: