ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރަން ބޮންޑޭ ގޮވާލައިފި!

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ފްލެޓްތަކުގެ ކުލި ނަގަން ފެށުމާއިއެކު ކުލި ނުނެގުމަށާއި ނަގަނީނަމަ ކުޑަކުރުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލާފިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ފްލެޓްގެ މަޝްރޫއުގެ ދަށުން އެޅިފައިވާ ފްލެޓްތަކުގެ ކުލި ވަނީ ފްލެޓްތައް ދޫކުރެވުނުތާ 8 މަސްދުވަސް ނަގަން ފަށާފައެވެ. ކުލި ނެގުން ވަނީ 3 ފަހަރެއްގެ މަތިން ކުރެވިފައިކަންވެސް ފާހަގަކޮށްލެވެއެވެ. ފުރަތަމަ ފަހަރަށް ކުލި ނެގުން ފަސް ކުރެވިގެން ދިޔައީ ފްލެޓްތަށް ދެވިފައިވަނީ އެތެރޭގެ އެއްވެސް މަސައްކަތެއް ނުނިންމާ ކަމުގައިވާތީ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ދިން 3 މަސް ދުވަހުގެ ތެރޭގައިވެސް ގިނަ ފްލެޓްތަކެކެއްގެ މަސައްކަތް ނުމިފައި ނުވާތީއެވެ.

މިގޮތަށް ކުލި ނަގަން ފުށުމާއެކު ގިނަ ބަޔަކު ވަނީ އެންމެ ހަރަދުތައް ބޮޑުވާ މަސްކަމުގައިވާ ރޯދަ މަހާއި ދިމާކޮށް ކުލި ނަގަން ފެށުމުގެ ސަބަބަބުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިގޮތުން ބޮންޑެ ޓްވީޓެއްކޮށް ވިދާޅުވެފައިވަނީ ހިޔާ ފްލެޓްތަކަކީ ކޮންސްޓްރަކްޝަން ސައިތެއް ކަމަށާއި އަދިވެސް ހިޔާ ފްލެޓް ސަރަހައްދުން އިވނީ ތަޅާ އަޑާއި ގާނާ އަޑުފަށްގަނޑުކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ނޭވާލަމުން އެދަނީ ކެމިކަލް ދަވާދާއި ސިމެންތި ކުނޑީގެ ވެއްޓަކަށް ކަމުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

އިތުރަށް ބޮންޑެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވަނީ މިފަދަ ހާލެއްގައި ތިބި ބަޔެއްގެ އަތުން ކުލި ނުނެގޭނެކަމުގައެވެ. އަދި އިތުރަށް ބޮންޑެ ވަނީ އިންސާފުވެރި ގޮތަކީ ހިޔާ ފުލެޓް ނަމުގައި 4 ފާރު ލިބުނު ފަރާތްތަކުން ކުރި ހަރަދު ހަމަވާންދެން މަހަކު 4500 ރުފިޔާ ކުލީގެ ގޮތުގައި ނެގުންކަމުގައިވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: