ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި މީހަކަށް ތާއީދު ނުކުރާނަމަ ވަނީ ”ބޯވައަކަށް“: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް: ފޮޓޯ/ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި މީހަކަށް ތާއިދުކުރުމުންނޫނީ އެމްޑީޕީގައި މިވަގުތު އެމީހަކު ވެގެންދަނީ ”ބޯވައަކަށް“ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ، ފޭދޫގައި އެމްޑީޕީގެ ޗެއަރޕާސަނގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓެއްކަމަށްވާ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، މިވަގުތު އެމްޑީޕީގެ ތެރޭގައި ބައެއް އުސޫލުތައް ބައްޓަންވެފައި ހުރިގޮތުން ވަކި ފަރާތަކަށް ތާއީދުކުރުމުން ނޫނީ ޕާޓީއަށާއި ގައުމަށް އިސްލާހު ގެނައުމުގެ ނަމުގައި ކޮށްދެއްވި އެއްވެސް މަސައްކަތެއްވެސް ބަލައިނުގަންނަކަމަށާއި އެމީހަކު ވެގެންދަނީ ”ބޯވައަކަށް“ ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެންޑިޑޭޓް ފައްޔާޒު އިސްމާއިލްއާއި މެދު ކުރެވެމުންދާ ތުހުމަތުތަކާއިމެދު ވާހާކަދައްކަވަމުން އަސްލަމް ވިދާޅުވީ ފައްޔާޒުއަކީ ވަގެއްކަމަށް އެނާއަށް ފާހަގަވެފައި ނުވަތަ ކަށަވަރުވެފައިވާނަމަ އެފަދަ މީހަކަށް މިކެމްޕެއިންގައި ތާއީދު ނުކުރަށްވާނެކަމަށެވެ.

”މިއަދު ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމަކީ، ވަކި ފަރާތަކަށް ތާއީދުކޮށް އެފަރާތެއްގެ ފަހަތުގައި ނެތްނަމަ، އެމީހަކީ ރަނގަޅު މީހަކަށްވެސް ނުވޭ، އިސްލާހަށްޓަކައި ކުރި މަސައްކަތެއްވެސް ނޯވޭ، އެއީ ކޮރަޕްޝަންއާއި ދުރު މީހަކަށްވެސް ނުވޭ، ހަމައެކަނި ވަކި ފަރާތަކަށް ތާއީދުކޮށް އެފަރާތެއް ބުނާހާ ގޮތަކަށް އުޅޭމީހުން މިޕާޓީގައި ބޯވައަކަށް ނުވަނީ، ދެން ތިބެނީ ހުސް ބޯވައިން“ އަސްލަމް އައްޑޫ ބަހުން ވާހަކަދައްކަވަމުން ވިދާޅުވިއެވެ. 

މީގެ އިތުރުން އަސްލަމް ވިދާޅުވީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވާދަވެރިކަން އިތުރުވެގެންގޮސް، އެެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަގަށް ގޮވާ، އަބުރަށް އަރައިގަނެ، ބޮޑެތި ކުށްތަކުގެ ތުހުމަތު އެޅުވުމަކީ ޕާޓީގެތެރޭގައި ފެނިގެންވާނެ ފަދަ އަމަލުތަކެއް ނޫންކަމަށާއި ފައްޔާޒު އިސްމާއީލްއަށް ތާއިދުކުރަށްވާ އެންމެހާ ބޭފުޅުންވެސް ދެން ކުރިމަތިލައްވާފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި ތާއީދު ކުރަށްވާ ބޭފުޅުންނާއި ގުޅޭގޮތުންވެސް ބަދު ބަސް ނުބުނަން އެދިވަޑައިގެންނެވިއެވެ. އަދި މި އިންތިހާބު ނިމިގެން އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަށްވަން ޖެހިވަޑައިގަންނަވާނެ ކަންވެސް އޭނާ ވަނީ ހަދުމަކޮށްދެއްވާފައިއެވެ،

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ މޭ 14ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށްޓަކައި ކުރެވޭ  ކެމްޕެއިންތައް ހޫނުވެ ޕާޓީގެ އެތެރޭގައި ބައިބަވުންތައް އުފެދި ކޯޅުންތައް ހޫނުވެ، މެމްބަރުންގެ ތެރޭ ރައްދުކުރެވެމުން ދިއަ ބަހުގެ ހަމަލާތަކުތެރޭގައި ބޮޑެތި ކުށްތަކުގެ ތުހުމަތުތައްވެސް ހިމެނިގެންދާ ދަނޑިވަޅެއްގައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: