ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ަސަރުކާރު އެންމެން ކައި ހަދަނީ ރާއްޖެ ވިއްކައިގެން: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެން ތިބީ ރާއްޖެ ވިއްކައިގެން އޭގައިން އަމިއްލަ މަންފާ ނަގައިގެންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ފުޅާ ކުރުމުގެ ގޮތުން، ޕީޕީއެމް ޕީއެންސީ ވަނީ ބައެއް ސަރަހައްދުތަކުގައި “އިންޑިއާ އައުޓް” ޖެހި ބެނާތައް ހަރުކޮށްފަ އެވެ. އެގޮތުން އިއްޔެ ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި އާއި ޕާޓީ އޮފީސް ހުންނަ ހ. ހުރަފާ އިމާރާތުގައި ބެނާއެއް ހަރުކޮށްފައި ވެއެވެ. އެ މައްސަލައިގައި އެމްޑީޕީގެ ރައީސް މުހައްމަދު މިއަދުގެ މަޖިލީސް ޖަލްސާގައި ވިދާޅުވީ ޚާރިޖީ ގުޅުންތަކަށް ގެއްލުންވާ ގޮތަށް މިފަދަ އަމަލުތައް ހިންގަން ޖާގައެއް ނުދެވޭނެކަމަށާއި ފުލުހުން އެ އިމާރާތުގައި ހުރި ބެނާތައް ނަގަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ހިތްހަމަނުޖެހުން އަމާޒުކޮށް އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ދިވެހި ފަސްގަނޑު އަދި ރައްޔިތުންގެ މިނިވަންކަން ކަށަވަރުކުރުމުގެ މަގްސަދުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ރާވައި ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތުގެ ބައިވެރިން ގޭގޭގައި ދަމާފައިވާ ބެނާތަކެއް ނެގުމަށް އަންގައި ފުލުހުން އިންޒާރުދީ ބިރު ދައްކަމުންދާކަމަށެވެ. މިއީ ގައުމާއި ދީނުގެ ހިމާޔަތުގައި ކުރިޔަށް ގެންދާ ހަރަކާތްތަކެއްގެ ގޮތުގައި ފާހަގަކޮށް ޝުޖާއު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފު އަމަލުތައް ނުހިންގުމަށް ފުލުހުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ދިވެހި ދައުލަތުގެ ހުރިހާ މުވައްސަސާތަކުން ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތަކުގައި ބައިވެރިވާކަމުގެ ތުހުމަތު ކުރައްވައި ޝުޖާއު ވިދާޅުވީ މިއީ ކޮންމެ ރައްޔިތަކު ވެސް ދަންނަ ހަގީގަތެއް ކަމަށެވެ.

ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ސަބަބާއި މެދު ސުވާލު އުފައްދައި ޝުޖާއު ވިދާޅުވީ ރައީސް ސޯލިހު ބޭކާރު ބޮޑެތި ހަރަދުތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ތިލަމާލެ ބްރިޖު އެޅުމަށްކަމަށް ބުނެ ހަދަމުންދާ ސާވޭތަކަށް އަދިވެސް ނިމުމެއް ނާންނަކަމަށާއި، ބްރިޖު އެޅުން އަވަސް ކުރުމަށްކަމަށް ބުނެ 25،000،000 ޑޮލަރުގެ ޕޭމަންޓެއް ހަދާފައިވާ ކަމަށެވެ.

މި ސަރުކާރުން ތިލަމާލެ ބްރިޖްގެ ސާވޭތައް ކުރުމަށް ފައިސާ ދީފައިވާކަންް ފާހަގަކޮށް ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މާލެއާއި ހުޅުމާލެ ދެމެދު ބްރިޖު އެޅި އިރު ތިލަފުށީ ކޮޅުގެ ސާވޭތައް ވެސް ކުރިޔަށް ގެންދިޔަކަމަށެވެ. އެހެންކަމުން ސާވޭ ހެދުމުގެ ނަަމުގައި ކުރަމުން ދަނީ ވައްކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ. އަދި ވޭތުވެދިއަ 4 އަހަރު ތެރޭ މި ސަރުކާރަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނެތްކަމަށް އިޝާރާތްކޮށް ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ކުރެވިފައިވާކަމެއް ނެތްނަމަވެސް މިސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދަނީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރަމުން ކަމަށެވެ.

“ހުރިހާއެއްމެން މުށްޖަހާފައި ކަނީ، ދައުލަތް.. އެމީހަކަށް ޖެހުނު އެއްޗެއް ކެއުން ނޫން ކަމެއް މިސަރުކާރަކުން ނުކުރޭ… އަޅުގަނޑުމެން އަކަނިއެއް ނޫން، މި ސަރުކާރުގެ މައި ޕާޓީވެސް މިހާރު އެބުނަނީ ވަގުންނޭ މިތިބީ ސަރުކާރުގައި”

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ގޮވާލުމުން ރައްޔިތުން މަގުތަކަށް ނިކުމެ މިސަރުކާރު ބަދަލުކޮށްގެން ނޫނިއްޔާ ސްރީލަންކާއަށް ޖެހިފައިވާ ހާލަތު ރާއްޖޭއަށްވެސް ކުރިމަތިވެދާނެ ކަމާއިމެދު ޝައްކެއްވެސް ނެތްކަމަށެވެ. އަދި ރައްޔިތުން ޝުޖާއު ދެންނެވި ވާހަކަތަކާއި މެދު ވިސްނާނެކަމަށް ހީފުޅުކުރަށްވާކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: