ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުވަގުތާ ޖެހެންދެންވެސް ޖަމީލު މަސައްކަތްކުރީ އަމިއްލަ ނަން ހުށައެޅުމަށް: ޝުޖާއު

ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު އެންމެ ފަހުވަގުތާއިޖެހެންދެންވެސް މަސައްކަތްކުރެއްވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށައެޅުއްވުމަށްކަމަށް އެ ޕާޓީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ދެމެދު އުފެދިފައިވާ މައްސަލަތަކަށް އަލިއަޅުއްވައި ޝުޖާއު ވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، ކޯލިޝަންގެ ލީޑަރޝިޕަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން މައްސަލައާއި ގުޅޭގޮތުން އެކަށީގެންވާ ގޮތެއްގެ މަތިން މައުލޫމާތު ނުލިބޭކަމަށާއި އެކި ފުރުސަތުތަކުގެ މަތިން އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާނެކަންވެސް ފާހަގަކުރެއްވިއެވެ.

ގާނޫނީ ވަކީލުންނަކީ “މާ މަތީބައެއް ތޯ” ވެސް ޝުޖާއު ސުވާލުކުރެއްވިއެވެ. އަދި ކޯލިޝަންގެ ލީޑަރު ޖަލަށް ލާފައި އޮތް އިރު ވަކީލުންގެ ޓީމާއި ލީޑަރޝިޕާއި ބައްދަލުނުވާކަމަށާއި ގާނޫނީ ގޮތުން ޒިންމާތައް އަދާކުރުމުގެ ބަދަލުގައި އެމީހުން ކުރަމުންދިޔައީ އަމިއްލަ ސިޔާސީ މަސައްކަތްތައްކަމަށެވެ. ޝުޖާއު ވިދާޅުވީ، އޭރުން ފެށިގެން ޑރ ޖަމީލްމެން ކުރައްވަމުން އައިސްފައިވަނީ ރައީސް ޔާމީން ޖަލުގައި ބޭއްވުމަށްފަހު އަމިއްލައަށް ވެރިކަމަށް އައުމުގެ މަސައްކަތްތައްކަން މިހާރު ފެނިގެންދާކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެންމެ ފަހުވަގުތުުގައިވެސް އަމިއްލަ ނަން ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ހުށެއެޅުއްވުމަށް ޑރ ޖަމީލް އެދިވަޑައިގަންނަވަމުން ގެންދެވިކަމަށެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ނަން އޮތީ ޕްލޭން ސީގެ ގޮތުގައި ކަމަށާއި ޑރ މުހައްމަދު ވަހީދު ހަސަން މަނިކުވެސް ހުންނެވިކަމަށް އިޝާރާތްކުރައްވާ އެއީވެސް ރައީސް ޔާމީންގެ އިރުޝާދުތައްކަމަށް ވިދާޅުވިކަމަށް ޝުޖާއު ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޑރ ޖަމީލު އަދި ޕީއެންއެފްގެ މެމްބަރުން މަސައްކަތްކުރަމުންދަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެމްބަރުންނަށް އޮޅުވާލުމަށްކަމަށާއި، އެހެންނަމަވެސް ލީޑަރޝިޕުން ކޮށްފައިވާ ސިޔާސީ މަސައްކަތްތައް ސަޕޯޓަރުންނަށް އެނގޭނެކަމަށްވެސް ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، ލީޑަރޝިޕުން ކޮށްފައިވާ ބުރަ މަސައްކަތަކުގެ ނަތީޖާއަކީ ކައުންސިލު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯދައި ރައީސް ޔާމީން ގެޔަށް ބަދަލުކުރަން މަޖުބޫރުވުންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ލީޑަރޝިޕުގެ ބަދަހިކަމުގެ ތެރެއިން ނެރެވުނު ނަތީޖާއެއްކަމަށާއި އެކަން ވެގެންދިޔައީ ސަރުކާރުން ހެޔޮ އެދިގެން ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ދަރިކަލުންގެ އޯލަވެލް ދުވަސްވަރާއި ދިމާވުމުން އެމަނިކުފާނު ގެއަށް ބަދަލުކުރުމުގައި އާއިލީ މަސްލަހަތު ހިމެނޭ ވާހަކަ ނޯޓެއް މެދުވެރިކޮށް ލީޑަރޝިޕާއި ހިއްސާކުރެއްވިކަމަށެވެ. އެހެންކަމުން އެކަމުގެ ކަންބޮޑުވުންތައް ރައީސް ސާލިހާއި ހިސާބަށްވެސް ގެންދެވިއިރު ލީޑަރޝިޕުގަައި ތިއްބެވީ ރައީސް ސާލިހާއި ވާހަކަދައްކަންވެސް ބޭނުންވެވަޑައިނުގަންނަވާ މީހުންކަމަށް ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަހައްޓަކައި ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދި ރައީސް ސާލިހުގެ އަރިހުގައި ނުދަންނަވާ އެކަކުވެސް ލީޑަރޝިޕުގައި ނުހުންނަވާނެކަމަށް ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، ލީޑަރޝިޕުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް އެދި ރައީސް ސާލިހުގެ އަރިހުގައި ތަކުރާރުކޮށް އާދޭސްކުރެއްވިކަމަށާއި ރައީސް ޔާމީން ގެއަށް ގެންނަން މަޖުބޫރުވެގެންދިޔައީ ޕްރޮގްރެސިވް ކޯލިޝަނާއި ދިވެހި ރައްޔިތުން ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ކައުންސިލުތައް ކާމިޔާބުކުރެވުމާއިއެކުކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެއީ އިހުލާސްތެރިކަމާއިއެކު ކުރެއްވި މަސައްކަތްތަކެއް ކަމަށާއި ބަޔަކު މީހުން ކިތަންމެ އޮޅުވާލުމަށް މަސައްކަތްކުރި ނަމަވެސް ހަގީގަތުގައި މަސައްކަތްތައް ކޮށްފައިވާ މީހުން ކުރި މަސައްކަތްތައް ރައްޔިތުން ގަބޫލުކުރާނެކަމަށް ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ، ޑރ ޖަމީލު މެންނަކީ އެ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ނޫންކަމަށެވެ. އަދި ޑރ ޖަމީލުއާއި ބައިވެރިން މަސައްކަތްކުރަމުންދިޔައީ ރައީސް ޔާމީންގެ މައްސަލައިގައި ވަމުންދާ ގޮތް ލީޑަރޝިޕަށް ނޭންގުމަށްކަމަށާއި ވެގެން އުޅޭ ގޮތުގެ މައުލޫމާތުތައް ހޯދުމަށް ގާނޫނީ ޓީމާއި އޭނާއަށް ތަކުރާރުކޮށް ސުވާލު ކުރައްވަން ޖެހުނުކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 60%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: