ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

25،000 މީހުން ރީ ރެޖިސްޓްރީކުރިކަމަށް ބުނުމަކީ ވައްކަމެއް: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ ރެޖިސްޓްރީ ކުރި މީހުންގެ އަދަދާއިމެދު ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވުމަށް  ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ ދެވަނަ ބުރަށް 25،000 މީހުން ރީ ރެޖިސްޓްރީކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ އަދަދަށް މީހުން ރީރެޖިސްޓްރީ ކުރިކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެއްކަމަށެވެ. އޭނާ ވިދާޅުވީ އެއީ ހިންގާފައިވާ ވައްކަމެއްކަމަށެވެ.

ޝުޖާއު ވިދާޅުވީ، އެ އަދަދަށް މީހުން ރީރެޖިސްޓީ ކޮށްފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، އިއުލާނުކޮށްފައިވާ އަދަދަށް މީހުން ރީ ރެޖިސްޓްރީކޮށްފައިނުވާކަން އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ އެކަން ހުއްޓުވުމުގައި ރައްޔިތުން ބައިވެރިވުމަށް ގޮވާލާކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަން ގާތަށް މީހުން އެއްވެ ޝުއޫރު ފާޅުކުރުމަށް އޭނާވަނީ މިއަދުގެ 13:00 އަށް ދައުވަތު އަރުވާފައެވެ. ޝުޖާއު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަދި ނައިބުރައީސް އިސްމާއިލް ހަބީބުގެ ހަރަކާތްތައް ގާތުން ބައްލަވަމުންދާކަމަަށެވެ. އެހެންކަމުން ވައްކަން ނުކުރެއްވުމަށް އޭނާވަނީ އިލްތިމާޒްކުރައްވާފައެވެ. ޝުޖާއު ވިދާޅުވީ، ހިންގާ އަމަލުތަކަށް ޖަވާބުދާރީ ކުރުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: