ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންކަން ފޮރުވަން އުޅޭހެން އެބަ ހީވޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ނޭދެވޭ އަމަލުތައް ފޮރުވުމަށް މަސައްކަތްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންގަވާކަމަށް ފެނިގެންދާކަމަށް ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ 2023ގެ ރައީސް ޕްރޮގްރާމްގައި ޝުޖާއުވަނީ އިންތިގާލީ މަރުހަލާގެ ތެރެއިން ފާހަގަކުރެވެމުންދާ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާއިއެކު އަމަލުކުރެއްވި ގޮތް ފެނިގޮސްފައިވާކަމަށާއި ރައީސް ސާލިހުގެ ވެރިކަން ވުޖޫދަށް އައި ޓްރާސިޝަން ދުވަސްވަރު މިހާރު ދިމާވަމުންދާފަދަ ދަތިތައް ދިމާނުވާކަމަށް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ވަރަށް ފަސޭހަވާނެކަމަށާއި އެއީ ފޮރުވަންޖެހޭނެ އެއްޗެއް ނެތުމުންކަމަށެވެ. އޭނާ ވިދާޅުވީ، ވަރަށް ރަނގަޅަށް އިންތިޒާމުކޮށްގެން އިންތިގާލީ މަރުހަލާގެ ތެރޭގައި ހުރިހާ އެއްބާރުލުމެއް ދިނުމަށް ރައީސް ޔާމީން އިރުޝާދު ދެއްވިކަމަށާއި އެހެންނަމަވެސް ރައީސް ސާލިހުގެ ސަރުކާރުގެ ކަންކަން ފޮރުވުމަށް އެމަނިކުފާނު އިރުޝާދު ދެއްވަމުންދާހެން ހީވާކަމަށެވެ.

އިންތިގާލީ މަރުހަލާގެ ތެރެއިން ވަރަށް ކަންބޮޑުވާ ކަންކަން ފާހަގަކުރެވެމުންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސެޕްޓެމްބަރު 30 ވަނަ ދުވަހާއި 17 ނޮވެމްބަރާއި ދެމެދު ހިނގާ މުއްދަތުގައި ހަގީގަތުގައި ކުރީގެ ސަރުކާރު ނިމިގޮސްފައިވާކަމަށާއި ހިނގަމުންދަނީ ސަރުކާރާއި ގައުމުގެ ހާލަތު އެއްބަޔަކު އަނެއް ބަޔަކަށް ކިޔައިދޭންވީ ވަގުތުކަމަށެވެ.

އެހެންނަމަވެސް މިހާރު އޮތް ހާލަތުގައިވެސް ވަޒީފާތައް އިއުލާނުކުރުމާއި އައު މަޝްރޫއުތައް ފެށުން ފަދަ އަމަލުތައް ހިންގަމުންދާއިރު ބޭރު ގައުމުތަކަށް ރާއްޖޭގެ ފަރާތުން ސަފީރުންވެސް އައްޔަނުކުރަމުންދާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެވަރުން ނުވެގެން މިހާރު ވަޒީފާތަކުގައިތިބި މީހުންނަށް މަގާމުގެ ކުރިއެރުންތައްވެސް ދެމުންދާކަމަށާއި ހިނގަމުންދާ އަމަލުތަކަކީ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް “ދުއްޕާން” ކުރުމުގެ އަމަލުތަކެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. ޝުޖާއު ވިދާޅުވީ، ހިންގަމުންދަނީ އެމްޑީޕީއިން ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށާއި އަމަލުކުރަމުންދަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށްކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: